ENGLISH
19 އޭޕްރީލު 2025
މަސްވެރިންގެ ދަފްތަރު މި ހަފްތާތެރޭގައި ގެޒެޓު ކުރަނީ
09 ޑިސެމްބަރު 2024
|
މިއަދު ކ. ގާފަރަށް ކުރެއްވި ދަތުރުފުޅުގައި ރަޢީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވާހަކަފުޅުދައްކަވަނީ / ފޮޓޯ: ރައީސް އޮފީސް
މަސްވެރިންގެ ގައުމީ ދަފްތަރާގުޅޭ ގަވާއިދު މި ހަފްތާގައި ގެޒެޓް ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އަރިއަތޮޅު އުތުރުބުރި އާއި މާލެ އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ކ. ގާފަރަށް ކުރެއްވި ދަތުރުފުޅުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެހެން ވަޒީފާތައް އަދާކުރާ މީހުންނަށް އޮންނަ ފުރުސަތުތައް މަސްވެރިންނަށް ނުލިބޭ ކަމުގެ ޝަކުވާ އެބައޮތް ކަމަށެވެ. އަދި މަސްވެރިކަމަކީ ވަޒީފާއެއްގެ ގޮތުގައި ނުބަލާތީ ބޭންކުތައް މެދުވެރިކޮށް އެ މީހުންނަށް ލޯނު ނުލިބޭ ކަމުގެ ޝަކުވާ މަސްވެރިންގެ ފަރާތުން ލިބޭ ކަމަށެވެ.
މަސްވެރިންގެ ކަންބޮޑުވުންތައް އަޑުއަހައި މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން މަސްވެރިންގެ ދަފްތަރެއް އެކުލަވާލައި އެމީހުންނަށް ގާނޫނީ ބާރުވެރިކަން ދިނުމުގެ މަސައްކަތް ސަރުކާރުގެ ފުރަތަމަ އަހަރުގެތެރޭގައި ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ގަވާއިދެއް ވެސް މިހާރު ވަނީ އެކުލަވާލާފައެވެ. އެގޮތުން މި ހަފްތާގެ ބުރާސްފަތި ދުވަހު މި ޤަވާއިދު ގެޒެޓް ކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"މިހާރު ގަވާއިދު ވެސް ހަދައި ނިމި މި ހަފްތާ ނިމުމުގެ ކުރިން، ބުރާސްފަތި ދުވަހު މަސްވެރިންގެ ދަފްތަރުގެ ގަވާއިދު ގެޒެޓްކުރެވޭނެ. މިހާރު ދަފްތަރު ރެކޮގްނައިޒްކުރުމުގެ މަސައްކަތް މިނިސްޓްރީން ބޭންކްތަކާ ގުޅިގެން ކުރިއަށް އެބަދޭ،" ރައީސް ވިދާޅުވި އެވެ.
މިސަރުކާރުގެ ވަޢުދާ އެއްގޮތަށް މަސްވެރިންގެ ޤައުމީ ދަފުތަރު އިފްތިތާހުކޮށްފައިވަނީ މި އަހަރު ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހުއެވެ. މަސްވެރިންގެ ޤައުމީ ދަފްތަރު އެކުލަވާލައިފައިވަނީ އެހެނިހެން މަސައްކަތްތަކެކޭ އެއްފަދައިން ދަޢުލަތުން ބަލައިގަންނަ ޢާމްދަނީ ލިބޭ މަސައްކަތެއްކުރާ ބައެއްގެ ގޮތުގައި މަސްވެރިން ކަނޑައެޅުމަށެވެ.