ENGLISH

19 އޭޕްރީލު 2025

Advertisement

އަންނަ އަހަރުގެ ބަޖެޓުގައި އެންމެ އިސްކަން ދެއްވާނީ ބޯހިޔާވަހިކަމާއި ތައުލީމް އަދި ސިއްހީ ދާއިރާއަށް ކަމަށް ރައީސް ވިދާޅުވެއްޖެ

09 ޑިސެމްބަރު 2024

|

ޢަލީ ޝާހީން

ރާއިސުލް ޖުމްހޫރިއްޔާ ޑޮކްޓާރ މުޙައްމަދު މުޢިއްޒު - ފޮޓޯ: ރައީސް އޮފީސް

އަންނަ އަހަރުގެ ބަޖެޓުގައި އެންމެ އިސްކަން ދެއްވާނީ ގެދޮރުވެރިކަމުގެ ދާއިރާ އަށާއި ތައުލީމި ދާއިރާގެ އިތުރުން ސިއްހީ ދާއިރާއަށް ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އެ މަނިކުފާނު މިހާރު މާލެ އަތޮޅުގެ ރަށްރަށަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ހުރައަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ހުރާ ރައްޔިތުންނާއި ބައްދަލުކުރަށްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ހުރާ ބަނދަރު ނިންމަވައިދެއްވާނީ ރައްޔިތުން އެދޭ ގޮތަށް ކަމަށާއި ހުރާ ސްކޫލަށް ބޭނުންވާ މަލްޓިޕަރޕަސް ހޯލު، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން، އަޅުއްވައިދެއްވާނެ ކަމަށެވެ.

މީގެ އިތުރުން، ޞިއްޙީ ދާއިރާއިން ހުރާ ރައްޔިތުން އެދޭ ކަންކަމުގެ ތެރެއިން، ޞިއްޙީ މަރުކަޒު ތަރައްޤީކޮށް، ސްކޭން ކުރުމާއި އިތުރު ވަޞީލަތްތައް ގާއިމުކޮށް ފުރިހަމަކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

"ތަރައްްޤީގެ މަސައްކަތް ހުރާގެ ރައްޔިތުން އެދޭގޮތަށް، ޖުމްލަކޮށް މުޅި ރާއްޖޭގެ ރައްޔިތުން އެދޭގޮތަށް، އަޅުގަނޑުވެފައިވާ ވަޢުދަށް ފުއްދުމަށް 2025 އަދި 2026 ފެށޭނެ. އަންނަ އަހަރު އެންމެ ގިނަ މަޝްރޫޢު ފެށޭނެ. އަނެއް އަހަރު އިތުރު މަޝްރޫޢުތައް ފެށޭނެ. މި ދެ އަހަރަކީ އަޅުގަނޑު ވަޢުދުވެފައިވާ މަޝްރޫޢުތައް ހިންގާނެ ދެ އަހަރު،" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ދެއަހަރު ބޭނުންކުރަން މިޖެހުނީ އިޤްތިޞާދު ބަނގުރޫޓުވުމުގެ މަގުމަތީ އޮތީމަ އެކަމުން އަރައިގަތުމަށް ކަމަށާއި ފައިސާ ޗާޕު ނުކޮށް އެކަން ކުރަން ޖެހުނީމައި ވަރަށް ގިނަ ކަންކަން ހަމައަކަށް އަޅުވަން ޖެހުނު ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު