ENGLISH

19 އޭޕްރީލު 2025

Advertisement

އިސްތިއުނާފު މަރުހަލާގައި ކަފާލާތުގެ ދަށުން ދޫކޮށް ދިނުމަށް އެދެވޭނެ ގޮތަށް ފާސްކޮށްފި

09 ޑިސެމްބަރު 2024

|

އެމް އެމް

މައްސަލައެއްގައި ކުށް ސާބިތުވާ ކަމަށް ހުކުމް ކޮށްފައިވާ މީހުންނަށް އިސްތިއުނާފު މަރުހަލާގައި ކަފާލާތުގެ ދަށުން ދޫކޮށް ދިނުމަށް އެދެވޭނެ ގޮތަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހަޅުއްވާފައިވަނީ މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލު ފާސްކޮށްފައވަނީ ވޯޓުގައި ބައިވެރިވި 58 މެންބަރުންގެ އިއްތިފާގުންނެވެ.

މީގެއިތުރުން ކުށް ސާބިތުވާކަމުގެ ހުކުމެއް ކަނޑައެޅިފައިވާ މީހަކަށް އިސްތިއުނާފުގެ މަރުހަލާގައި ކަފާލާތުގެ ދަށުން ދޫކޮށްދިނުމަށް އެދެވޭނެ ހާލަތްތަކާއި، އެކަމުގައި އަމަލުކުރަންޖެހޭ އިޖުރާއަތުތައްވެސް ބަޔާންކޮށްފައިވެ އެވެ. އެގޮތުން މީހަކަށް އިއްވާފައިވާ ހުކުމެއް އިސްތިއުނާފު ކޮށްފައިވާ ހާލަތުގައި އޭނާ ކަފާލާތުގެ ދަށުން ދޫކުރެވިދާނެ ކަމަށް ބަޔާން ކޮށްފައިވެ އެވެ. ނަމަވެސް ބޮޑެތި ކުށްތަކުގެ ތެރޭގައި ހިމެނޭ މީހުން މެރުމާއި މަސްތުވާތަކެތި ޓްރެފިކް ކުރުން އަދި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުންފަދަ މައްސަލަތަކުގައި ހުކުމް ކޮށްފައި ތިބޭ މީހުން ކަފާލާތުގެ ދަށުން ދޫނުކުރެވޭނެ ކަމަށް ބަޔާން ކޮށްފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު