ENGLISH
19 އޭޕްރީލު 2025
ކާށިދޫ ދަނޑުވެރި ކަމަށް ޚާއްޞަ އިސްކަމެއް ދެއްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ
09 ޑިސެމްބަރު 2024
|
ކ. ގާފަރުގައި ކާށިދޫ ކައުންސިލްގެ މެންބަރުންނާ ރައީސުލްޖުމްހޫރިއްޔާ މިއަދު ބައްދަލުކުރައްވަނީ. -- ފޮޓޯ: ރައީސް އޮފީސް
ކ.ކާށިދޫ ދަނޑުވެރިކަމަށް ޚާއްޞަ އިސްކަމެެއް ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ ކ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކ.ކާށިދޫ ކައުންސިލާއި އެރަށުގެ އަންހެނުންގެ ތަރައްްޤީއަށް މަސައްކަތް ކުރާ ކޮމިޓީއާއި އެކު ބޭއްވެވި ބައްދަލުވުމުގައެެވެ.
ކާށިދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ އާއި އެކު ރައީސް މުޢިއްޒު ބޭއްވެވި ބައްދަލުވުމުގައި ކާށިދޫ ކައުންސިލުން ވަނީ ރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ރައީސް އަށް ހިއްސާ ކުރައްވައިފައެވެ. މީގެއިތުރުން ރަށުގެ ތަރައްޤީއަށް އެންމެ ބޭނުންވާ ކަންތައްތައް ވެސް ވަނީ ރައީސް މުޢިއްޒާއި ހިއްސާކުރައްވައި އެކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
އެގޮތުން ރަށުގެ ބަނދަރުގެ ހާލަތު ބަޔާން ކޮށްދެއްވައި އެކަމުން ރައްޔިތުންނަށް ކުރިމަތިވާ ގޮންޖެހުންތައް ޙިއްޞާ ކުރެއްވިއެވެ. އަދި ޞިއްޙީ ދާއިރާގައި ހުރި ކަންބޮޑުވުންތައް ފާހަގަ ކުރައްވައި އެކަން ކަމަށް ޙައްލު ބޭނުންވާކަން ރަށު ކައުންސިލުން ވަނީ ފާހަގަ ކުރައްވައި ފައެވެ.