ENGLISH

19 އޭޕްރީލު 2025

Advertisement

ސްކޭމާ ގުޅިގެން ކޯޓް އަމުރެއް ނެތި އެކައުންޓްގައި ހުންނަ ފައިސާ ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ދީފި

09 ޑިސެމްބަރު 2024

|

އެމް އެމް

ޝަހީދު ހުސައިން އާދަމް ބިލްޑިން

ސްކޭމްގެ މައްސަލަތަކުގައި ކޯޓު އަމުރެއް ނެތި އެކައުންޓުގައި ހުންނަ ފައިސާ ހިފެހެއްޓޭނެ ބާރު ފުލުހުންނަށްދޭ ގޮތަށް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިތުރު އެހެން ބިލަކާއެކު އެ ބިލު ފާސްކޮށްފައިވަނީ 58 މެންބަރުންގެ އިއްތިފާގުންނެވެ.

އެ ބިލަކީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވި ބިލެކެވެ.

އެ ބިލުގައި ބުނެފައިވަނީ ސްކޭމްގެ މައްސަލަތަކުގައި ބޭންކް އެކައުންޓުގައި ދައުރުވާ ފައިސާ ކޯޓު އަމުރަކާ ނުލާ ހުއްޓުވޭނެ ގާނޫނީ ހައްލެއް ބޭނުންވާ ކަމަށް ފުލުުހުން ބުނެފައިވާ ކަމަށެވެ.

ސައިބާސްޕޭސްގެ ކުށްތަކާ ގުޅިގެން ހުށަހެޅި ބިލުގައި ބުނެފައިވަނީ ސައިބާސްޕޭސްގައި ކުރާ ކުށްތައް ރާއްޖޭގައި އިތުރުވުމާއި އެފަދަ ކުށްތައް ކުރާ މީހުން ކުށް ހިންގާ ގޮތް ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރަމުން ފުޅާކުރަމުންދާތީ އެފަދަ ސައިބާ ކްރައިމްއާއި އެ ނޫންވެސް ކޮމްޕިއުޓާ ސިސްޓަމް އާއި އެހެނިހެން އިލެކްޓްރޯނިކް ހެކި އެކުލެވޭ ކުށްތައް ހުއްޓުވުމަށް ގާނޫނީ ބާރުވެރިކަން ހޯދާދިނުމަށް ކަމަށެވެ.

އެފަދަ ކުށްތައް ތަހުގީގުކޮށް ދައުވާކުރުމަށް ތަންފީޒީ އިދާރާތަކަށް ލިބެންޖެހޭ ބާރު ހޯދާދީ އެފަދަ ކުށްތައް ތަހުގީގުކޮށް ދައުވާ އުފުލުމުގައި އަމަލުކުރާނެ އިޖުރާއީ އުސޫލެއް ކަނޑައެޅުމަކީ އެ ބިލުގެ މަގްސަދެއްގެ ގޮތުގައި ފާހަގަކޮށްފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު