ENGLISH
14 ފެބްރުއަރީ 2026
މާދަން ރޭ އޮންނަ 2025 ވަނަ އަހަރުގެ ސްޕޯޓްސް އެވޯޑް ހަފްލާގައި ފާހަގަކުރަނީ 2024 ވަނަ އަހަރުގެ ކާމިޔާބީތައް
14 ފެބްރުއަރީ 2026
|
ފޮޓޯ: މޯލްޑިވްސް ސްޕޯޓްސް އެވޯޑް
އެންމެ މަޤްބޫލު
މާދަމާރޭ ބޭއްވުމަަށް ހަމަޖެހިފައިވާ "މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2025" އަކީ ކުޅިވަރުގެ ދާއިރާގައި 2024 ވަނަ އަހަރު ޤައުމީ ޓީމްތަކާއި، ކުޅުންތެރިން އަދި އޮފިޝަލުން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކުރުމަށް ބާއްވާ އިނާމުދިނުމުގެ ހަފްލާއެއް ކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
ކުރިން މި ހަފްލާ 2025 ގައި ބާއްވަން ހަމަޖެހިފައިވީނަމަވެސް އެކި ސަބަބުތަކާއި ހުރެ މިއަހަރަށް ފަސްކުރެވިފައިވާކަމަށް އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި އެވުޒާރާއިން ވަނީ ހާމަކޮށްފައެެވެ.
މީގެ އިތުރުން "މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2025" މާދަމާރޭ ބޭއްވިނަމަވެސް 2025 ގެ ކުޅިވަރުގެ ކާމިޔާބީތައް ފާހަގަކުރުމަށް ބާއްވާ އެވޯޑް ހަފްލާ "މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2026" މިއަހަރުގެ ފަހުކޮޅުގައި އޮންނާނެކަމަށްވެސް އެޕޯސްޓުގައި ވަނީ ބުނެފައެވެ.
"މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2025" ގެ ޔަންގް އެތްލީޓް އޮފް ދަ އިޔާއަށް ރައިސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ދަރިކަލުން، އުމައިރު މުހައްމަދު މުއިއްޒު ނޮމިނޭޓްވެފައިވުމުން ރައީސްގެ ވާދަވެރި ސިޔާސީ ފަރާތްތަކުން އަމާޒު ކުރަމުންދާ ފާޑުކިޔުންތަކާއި ގުޅިގެން ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ސެކްރެޓަރީ ޖެނެރަލް ރިޝާން މުހައްމަދު ވަނީ ހަޤީގަތް ހާމަކުރައްވައި، ރައްދުދެއްވާފައެވެ.
ކުޅިވަރުގެ ދާއިރާގައި ކަން ހިނގަމުންދާ ގޮތް އޮޅުންފިލުއްވައިގެން މައުލޫމާތު ހިއްސާ ކުރުމަށާއި، އާންމުންނަށް ހަގީގަތް އޮޅޭ ފަދަ ލިޔުންތައް ހިއްސާ ނުކުރުމަށް ވިދާޅުވެ ރިޝާން ވަނީ އުމައިރުގެ ކާމީޔާބީތަކުގެ ތަފްސީލްވެސް ހިއްސާކުރައްވާފައެވެ.
ސައުތު އޭޝިއަން ޔޫތު ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް 2024
62 ވަނަ ގައުމީ ޓޭބަލް ޓެނިސް މުބާރާތް 2024
30 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕް 2024
ރިޝާންގެ އިތުރުން ކުރީގެ ކުޅިވަރު ވަޒީރު، އަހުމަދު މަހުލޫފުވެސް ވަނީ އުމައިރަކީ މޮޅު ޓީޓީ ކުޅުންތެރިއެއްކަން ފާހަގަކުރައްވައި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް އަށް އުމައިރު ނޮމިނޭޓުވީ 2024 ވަނަ އަހަރު ހޯދި ކާމިޔާބީގެ ނަތީޖާއެއްގެ ގޮތުން ކަމަށް ވިދާޅުވެ ފާޑުކިޔަމުންދާ ފަރާތްތަކަށް ރައްދުދެއްވާފައެވެ. އަދި ބުރަ މަސައްކަތުން ހޯދާ ކާމިޔާބީތައް ސިޔާސީ ނުކުރުމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.