ENGLISH
14 ފެބްރުއަރީ 2026
އުމައިރުގެ ކާމިޔާބުތައް ވިދާޅުވެދެއްވައި ޓީޓީ އެސޯސިއޭޝަނުގެ އެސްޖީ ގޮވައިލެއްވީ ފާޑުކިޔާ މީހުން މައާފަށް އެދުމަށް
14 ފެބްރުއަރީ 2026
|
ރާއްޖެއިން ބޭރުގައި ބޭއްވި ޓީޓީ މުބާރާތެއްގައި އުމައިރު ހިމެނޭ ޓީމުން ހޯދި ކާމިޔާބީ ދައްކުވައިިނުމަށް އެސްޖީ ދޫކޮށްލެއްވި ފޮޓޯ
އެންމެ މަޤްބޫލު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަރިކަލުން އުމައިރު މުހައްމަދު މުޢިއްޒުގެ ކާމިޔާބުތައް ވިދާޅުވެދެއްވައި ފާޑުކިޔާ މީހުން މައާފަށް އެދުމަށް ޓޭބަލް ޓެނިސް އެސޯސިއޭޝަނުގެ ސެކްރެޓަރީ ޖެނެރަލް ރިޝާން މުހައްދު ގޮވާލައްވައްވައިފިއެވެ.
ރިޝާން މިފަދައިން ވިދާޅުވީ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ ޔަންގްސް ސްޕޯޓްސްމަަން އޮފް ދަ އިޔާއަށް ރައީސް މުޢިއްޒުގެ ދަރިކަލުން އުމައިރު މުހައްމަދު މުޢިއްޒު ނޮމިނޭޓްވެފައިވާތީ ރައީސްގެ ވާދަވެރި ސިޔާސީ ފަރާތްތަކުން އަމާޒު ކުރަމުންދާ ފާޑުކިޔުންތަކާއި ގުޅިގެންނެވެ.
ސޯޝަލް މީޑިއާގައި މިހާރު ދެކެވެމުންދާ ވާހަކަތަކާ ގުޅިގެން، ހަގީގަތް ހާމަކުރައްވަމުން، ފޭސްބުކުގައި ހިއްސާކުރެއްވި ޕޯސްޓުގައި އޭނާ ވިދާޅުވީ ކަމެއްގެ އަސްލު އޮޅުންނުފިލުވައި، ފާޑުކިޔައި ކޮމެންޓު ކުރުމަކީ އިންސާފެއް ނޫން ކަމަށެވެ.
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ ނޮމިނޭޝަންތަކުން، ރައީސްގެ ދަރިކަލުން ނޮމިނޭޓްވެފައި ވަނީ، އަހަރުގެ ޒުވާން ކުޅުންތެރިޔާ، ފިރިހެން ކެޓަގަރީއަށެވެ.
މި ކެޓަގަރީއަށް އުމައިރު ނޮމިނޭޓްކޮށްފައިވަނީ ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ފަރާތުން ޓޭބަލްޓެނިސް ކުޅުންތެރިއެއްގެ ގޮތުގަ އެވެ. އުމައިރާ އެކު ދެން މި އެވޯޑަށް އެ އޮސޯސިއޭޝަނުން ޒީކް ހަސަން ލަތީފް ނޮމިނޭޓްކޮށްފައިވެ އެވެ.
ރިޝާން ވަނީ 2024 ވަނަ އަހަރު ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބޭއްވުނު ޓީޓީ މުބާރާތްތަކުން އުމައިރު ހޯދި ކާމިޔާބީތަކުގެ ތަފްސީލުތައް ހިއްސާކުރައްވާފައެވެ.
ސައުތު އޭޝިއަން ޔޫތު ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް 2024
62 ވަނަ ގައުމީ ޓޭބަލް ޓެނިސް މުބާރާތް 2024
30 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕް 2024
ކުޅިވަރުގެ ދާއިރާގައި ކަން ހިނގަމުންދާ ގޮތް އޮޅުންފިލުއްވައިގެން މައުލޫމާތު ހިއްސާ ކުރުމަށާއި، އާންމުންނަށް ހަގީގަތް އޮޅޭ ފަދަ ލިޔުންތައް ހިއްސާ ނުކުރުމަށް ރިޝާން ވަނީ އިލްތިމާސްކުރައްވައިފައެވެ.
"މި ޒުވާން އެތުލީޓުގެ ކިބައިން މައާފަށް އެދުމަކީ ތިޔަބޭފުޅުންގެ މައްޗަށް އޮތް ކަމެކެވެ. މޯލްޑިވްސް ޓޭބަލް ޓެނިސް އެސޯސިއޭޝަނުން ނޮމިނޭޓްކުރި ފަރާތްތަކާ ގުޅުވައިގެން ފަތުރަމުންދާ ދޮގު ވާހަކަތަކުގެ ހަގީގަތް މިހާރު އެންމެހައި ބޭފުޅުންނަށް ސާފުވާނެ ކަމަށް އުންމީދު ކުރަމެވެ." - ޓޭބަލް ޓެނިސް އެސޯސިއޭޝަނުގެ ސެކްރެޓަރީ ޖެނެރަލް ރިޝާން މުހައްދު
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ ޔަންގްސް ސްޕޯޓްސްމަަން އޮފް ދަ އިޔާގެ ނޮމިނޭޝަންގައި އުމައިރު ހިމެނުމާ ގުޅިގެން ފާޑުކިޔަމުން އަންނަ ފަރާތްތަކަށް ކުރީގެ ކުޅިވަރު ވަޒީރު އަހުމަދު މަހުލޫފުވެސް ވަނީ ރައްދު ދެއްވާފައެވެ.
އުމައިރަކީ މޮޅު ޓީޓީ ކުޅުންތެރިއެއް ކަން ފާހަގަކުރައްވައި މަހުލޫފު ވިދާޅުވީ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް އަށް ނޮމިނޭޓު އުމައިރު ނޮމިނޭޓުވީ 2024 ވަނަ އަހަރު ހޯދި ކާމިޔާބީގެ ނަތީޖާއެއްގެ ގޮތުން ކަމަށެވެ.
މަހްލޫފް ވަނީ އުމެއިރަކީ އެމްޑީޕީގެ ވެރިކަމުގައި އަރުތަ ޕްރޮގްރާމުގައި ހިމެނުނު އެތުލީޓެއްކަން ފާހަގަ ކުރައްވާ ހަގީގަތް ނުބަލާ ކުދިންގެ މިފަދަ ބުރަ މަސައްކަތުގެ ކާމިޔާބީ ސިޔާސީކުރުން ހުއްޓާލަންޖެހޭ ކަމުގައި ވިދާޅުވެފަ އެވެ.