ENGLISH

14 ފެބްރުއަރީ 2026

Advertisement

ރައީސްގެ ވައުދުފުޅުތައް ހަލުއި ގޮތެއްގައި ނިންމުމަށް ޕީއެންސީގެ ކެންޑިޑޭޓުން ހޮވުން ވަރަށް މުހިންމު: މުހައްމަދު އިސްމާއިލް

14 ފެބްރުއަރީ 2026

|

ހަނާން އަހުމަދު ނައީމް

ގއ.ވިލިނގިލި ދާއިރާގެ ކޮންގްރެސް ޕާޓިގެ ކެމްޕެއިން އިފްތިތާޚްކުރުމުގެ ތެރެއިން

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ވައުދުފުޅުތައް ހަލުއި ގޮތެއްގައި ފުރިހަމަކޮށް ނިންމާދިނުމަށް ވެރިކަން ކުރާ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓުންނަށް ފުރުސަތުދީ އެ ކެންޑިޑޭޓުން ހޮވައިދިނުން ވަރަށް މުހިންމުކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެ އެވެ. 

މުހައްމަދު އިސްމާއިލް މިފަދައިން ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންގެ އިންތިހާބ ގުޅިގެން، ގއ.ވިލިނގިލި ދާއިރާގެ ކޮންގްރެސް ޕާޓީގެ ކެންޕެއިން އިފްތިތާޙްކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ގއ. ވިލިނގިލީގައި ބޭއްވުނު މި ރަސްމިއްޔާތުގައި އެ ދާއިރާގެ ކެންޑިޑޭޓުންގެ ވާހަކަދައްކަަވަމުން މުހައްމަދު އިސްމާއިލް ވިދާޅުވީ، ޕީއެންސީގެ ކެންޑިޑޭޓުންނަކިީ ވަރަށް ކެރޭ އަދި މަސައްކަތައް ބާރުއަޅައި ކަންކުރާނެ ކެންޑިޑޭޓުންތަކެއް ކަމަށެވެ. 

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ދުވަހުން ފެށިގެން މަސައްކަތް ކުރައްވަނީ ރައްޔިތުންނާ ގާތުން ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް ފުޅާކުރައްވައި ވަރުގަދަކުރައްވައި، އެއަށް ގާނޫނީ ބާރު ދެއްވުމަށް ކަމަށާއި އެފަދައިން މަސައްކަތް ކުރައްވަން ޕީއެންސީގެ ކެންޑިޑޭޓުންނަށް ފުރުސަތުދެއްވަން ވެސް ވަނީ ގޮވާލައްވާފައެވެ.

މީގެ ކުރިން އިދިކޮޅު ކެންޑިޑޭޓުން ތިބިއިރު، ސަރުކާރުގެ މަސައްކަތަށް ވަރަށް ބޮޑަށް ގޮންޖަހާފައިވާކަން ފާހަގަކުރައްވައި މުހައްމަދު އިސްމާއިލް އިތުރަށް ވިދާޅުވީ، ރަނގަޅަށް މަސައްކަތް ކުރެވޭ ވަރުގެ އެފަދަ ޤާބިލް މެންބަރުންތަކެއް ހޮވަން ޖެހޭ ކަމަށެވެ.

މީގެ ކުރިން ދެއްކެވި ވާހަކަފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވި ގޮތުގައި ސަރުކާރުން ރަށްރަށުގައި ހިންގުމަށް މަސައްކަތްކުރާ ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދިއުމަށް އެއްބާރުލުންނުދީ އެކަންކަމަށް ހުރަސްއެޅުމަށް އިދިކޮޅު ޕާޓީގެ އަޣުލަބިއްޔަތު އޮންނަ ކައުންސިލުތަކުން މަސައްކަތްކޮށްފައިވެއެވެ. އެގޮތުން ބައެއް މަޝްރޫއުތަކަށް ބޭނުންވާ ބިން ހަމަޖައްސައިނުދިނުމާއި، ސަރުކާރުން އެކި ކަންކަމުގައި ފޮނުވާ ސިޓީތަކަށް ޖަވާބުނުދީ ލަސްކުރުން ފަދަ ކަންކަން ބައެއް ކައުންސިލުތަކުގެ ކިބައިން ފާހަގަކުރެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. 

ރައީސްގެ އިތުރަށް ކުރީގެ ރައީސުން އެ ބޭފުޅުން ވެރިކަމުގައި ތިއްބެވިއިރު ސަރުކާރުގެ މަސައްކަތްތަކަށް އެ ބޭފުޅުންނާ އިދިކޮޅު ޕާޓީތަކުގެ އަޣުލަބިއްޔަތު އޮންނަ ކައުންސިލުތަކުން މަސައްކަތްކުރާކަން ފާހަގަކުރައްވައި، ކައުންސިލުތަކުގެ އަޣުލަބިއްޔަތު ސަރުކާރަށް އޮތުމަކީ ތަރައްގީގެ މަސައްކަތްތައް ކުރިއަށްގެންދެވުމަށް ބޭނުންތެރި ޒަރޫރީ ކަމެއްގެ ގޮތުގައި ފާހަގަކުރައްވާފައިވެއެވެ. 

ލޯކަލް ކައުންސިލު އިންތިހާބަށް 48 ދުވަހަށް ވެފައިވާއިރު ޕާޓީތަކުން އެ އިންތިހާބުގެ ކެމްޕެއިން ފަށާފައިވާއިރު ރާއްޖޭގެ ހުރިހާ ހިސާބެއްގައި އެންމެ ފޯރީގައި ކެމްޕެއިން ކުރަމުން އަންނަނީ ވެރިކަންކުރާ ކޮންގުރެސް ޕާޓީންނެވެ. މިފަހަރުގެ އިންތިހާބުގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރައްވަނީ އެ ޕާޓީގެ ޓިކެޓުގައެވެ. އެ ޕާޓީން 1،300 އަށްވުރެ ގިނަ ކެންޑިޑޭޓުން ނެރެފައިވާއިރު މިއީ މިހާތަނަށް އެއްވެސް އިންތިހާބެއްގައި އެއް ޕާޓީއެއްގެ ޓިކެޓުގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރައްވާ ފަހަރެވެ. 

ކިޔުންތެރިންގެ ހިޔާލު