ENGLISH

14 ފެބްރުއަރީ 2026

Advertisement

ޙަޤީޤަތް ނުބަލާ ކުދީންގެ ބުރަ މަސައްކަތުގެ ކާމިޔާބީ ސިޔާސީކުރުން ހުއްޓާލަންޖެހޭ

13 ފެބްރުއަރީ 2026

|

އަޙުމަދު ޙަމީދު

މުބާރާތަކުން އުމެއިރު ހޯއްދެވި ކާމިޔާބީ --

ޙަޤީޤަތް ނުބަލާ ކުދީންގެ ބުރަ މަސައްކަތުގެ ކާމިޔާބީ ސިޔާސީ ކުރުން ހުއްޓާލަން ޖެހޭ ކަމުގައި ކުޅިވަރާއި ބެހޭ ކުރީގެ ވަޒީރު އަދި ޖަޕާނަށް ރާއްޖެއިން ކަނޑައަޅާފައިވާ ސަފީރު އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެ އެވެ.

މަޙްލޫފް މިހެން ވިދާޅުވީ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ ޔަންގްސް ސްޕޯޓްސްމަަން އޮފް ދަ އިޔާގެ ނޮމިނޭޝަންގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަރިކަލުން އުމޭރު މުހައްމަދު މުޢިއްޒު ނޮމިނޭޓްވެފައިވާތީ ރައީސްގެ ވާދަވެރި ސިޔާސީން އަމާޒު ކުރަމުންދާ ފާޑުކިޔުންތަކާއި ގުޅިގެންނެވެ.

އެ ވާހަކަތަކަށް އިޝާރާތްކޮށް މަޙްލޫފް ވަނީ ޕޯސްޓެއް ކުރައްވާފައެވެ. އުމެއިރު ހޯއްދެވި ކާމިޔާބީތަކާއި ގުޅޭ ބައެއް ފޮޓޯތައް ހިއްސާކުރައްވާ މަޙްލޫފް ވިދާޅުވީ އުމައިރު އަކީ މޮޅު ޓީޓީ ކުޅުންތެރިއެއް ކަމަށެވެ. އަދި ޓީޓީ އިން ރަން ވަނަތަކެއް ބައިނަލްއަގުވާމީ އަދި ޤައުމީ ފެންވަރުގައި ހޯދާފައިވާ ހުނަރުވެރި ކުޅުންތެރިއެއް ކަމުގައި ވިދާޅުވި އެވެ.

"މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް އަށް ނޮމިނޭޓު ވެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ދަރިކަލަކަށް ވީތީއެއްނޫން. އެންމެ ކުޑައިރުން ފެށިގެން ކުރާ މަސައްކަތުން. 2024 ވަނަ އަހަރު ހޯދި ކާމިޔާބީގެ ނަތީޖާ," މަހްލޫފް ވިދާޅުވި އެވެ.

މަހްލޫފް ވަނީ އުމެއިރަކީ އެމްޑީޕީގެ ވެރިކަމުގައި އަރުތަ ޕްރޮގްރާމުގައި ހިމެނުނު އެތުލީޓެއްކަން ފާހަގަ ކުރައްވާ ހަގީގަތް ނުބަލާ ކުދިންގެ މިފަދަ ބުރަ މަސައްކަތުގެ ކާމިޔާބީ ސިޔާސީކުރުން ހުއްޓާލަންޖެހޭ ކަމުގައި ވިދާޅުވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު