ENGLISH

13 ފެބްރުއަރީ 2026

Advertisement

އައްޑޫ ސިޓީ ކައުންސިލަށް ކުރިމަތިލެއްވި ޕީއެންސީ ކެންޑިޑޭޓުންގެ ޕޯސްޓަރުތަކަށް ގެއްލުން ދީފި

13 ފެބްރުއަރީ 2026

|

އައިމިނަތު ޝަފާ

ޕީއެންސީގެ ކެންޑިޑޭޓުންގެ ޕޯސްޓަރުތަކަށް ގެއްލުންީފައި. ފޮޓޯ؛ ސޯޝަލް މީޑިއާ

ކޮންގްރެސް ޕާޓީގެ ޓިކެޓުގައި އައްޑޫ ސިޓީ ކައުންސިލަށް ކުރިމަތިލެއްވި ކެންޑިޑޭޓުންގެ ޕޯސްޓަރުތަކަށް ގެއްލުން ދީފައިވާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސިނާން "އެމްއެމްޓީވީ"އަށް ވިދާޅުވީ ކެންޑިޑޭޓުންގެ ކެމްޕެއިން ޕޯސްޓަރު ހަރުކުރުމުގެ މަސައްކަތަކީ އައްޑޫ ޕީއެންސީ ކެމްޕެއިން ޓީމުތަކުން އިސް ނަގައިގެން ފެށި މަސައްކަތެއް ކަމަށެވެ. ނަމަވެސް ރޭ ހަރުކުރި ޕޯސްޓަރުތަކާއި ބެނާތަކަށް ބަޔަކު ގެއްލުން ދީފައިވާ ކަމަށެވެ. ގެއްލުން ދީފައިވަނީ މަރަދޫ އިން ހިތަދޫ ދަތުރުކުރާ ހައިވޭ ސަރަހައްދުގައި ހަރުކޮށްފައި ހުރި ޕޯސްޓަރުތަކަށެވެ.

"މި ސަރަަހައްދުގައި ޕޯސްޓަރު ހަރުކުރުމުގެ މަސައްކަތް ރޭ ކެމްޕެއިން ޓީމުތަކުން އަދި ސްޓިއަރިން ކޮމިޓީތަކުން ކުރީ. މަސައްކަތް އެއްކޮށް ނިންމާނުލެވުމުން ބާކީ ހުރި މަސައްކަތްތައް ކުރަން ހުކުރު ނަމާދަށް ފަހު މެންދުރު ފަހުގެ ވަގުތެއްގައި ދިޔަ އިރު ޕޯސްޓަރުތަކަށް ގެއްލުންދީފައިވާ ކަމަށް މައުލޫމާތު ލިބެނީ." -  ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސިނާން

ސިނާން ވިދާޅުވީ ފޭދޫގެ އެކި ސަރަހައްދުތަކުގައި ހަރުކޮށްފައިވާ ޕީއެންސީގެ ކެންޑިޑޭޓުންގެ ޕޯސްޓަރުތަކަށް ކަޅުތެޔޮ ޖަހާފައި ވާކަމުގެ ހަބަރުތަކެއް ވެސް ލިބިފައިވާ ކަމަށެވެ. 

ޕީއެންސީގެ ޕޯސްޓަރުތަކަށް ގެއްލުން ދީފައިވަނީ ކޮން ބައެއް ކަމެއް އަދި ނޭނގެ އެވެ. އަދި މި މައްސަލަ މިހާރު ވަނީ ފުލުހުންނަށް ހުށަހަޅާފައި ކަމަށް ވެސް ސިނާނު ވިދާޅުވި އެވެ.

ކޮންގްރެސް ޕާޓީގެ އައްޑޫ ސިޓީ ކެމްޕެއިން އިފްތިތާހުކޮށް ކެންޑިޑޭޓުންގެ ކެމްޕެއިން ރަސްމީކޮށް ވަނީ ފަށާފަ އެވެ. 

ކިޔުންތެރިންގެ ހިޔާލު