ENGLISH

13 ފެބްރުއަރީ 2026

Advertisement

ރައީސްގެ މި ޕޯސްޓުން އުފާވެރިކަން: ‏ގިރާވަރުފަޅުގެ ބިން ހިއްކުން އެއްފަހަރާ ދެ ޑްރެޖަރާއެކު ކުރިޔަށް.

13 ފެބްރުއަރީ 2026

|

އަޙުމަދު ޙަމީދު

ގިރާވަރުފަޅުގެ ބިން ހިއްކުން އެއްފަހަރާ ދެ ޑްރެޖަރާއެކު ކުރިޔަށް

ގިރާވަރުފަޅުގެ ބިން ހިއްކުން އެއްފަހަރާ ދެ ޑްރެޖަރާއެކު ކުރިޔަށްދާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަ ކުރައްވައިފި އެވެ.

ރައީސް ވަނީ އެ މަންޒަރު ފެންނަ ހަތަރުގަނޑު ފޮޓޯއާއެކު ޕޯސްޓެއް ކުރައްވާފަ އެވެ. އެ ޕޯސްޓްގައި ވިދާޅުވީ ގިރާވަރުފަޅުގެ ބިން ހިއްކުން އެއްފަހަރާ ދެ ޑްރެޖަރާއެކު ކުރިޔަށްދާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް ގިރާވަރުފަޅުން ގޯތި ދޫކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ.

މި ސަރަހައްދުގައި 169 ހެކްޓަރުގެ ބިން ހިއްކަން ހަމަޖެހިފައިވާއިރު އަދި މިހާތަނަށް އެތަނުން ހިއްކިފައި އޮތީ 56 ހެކްޓަރުގެ ބިމެވެ. އެހެންކަމުން އިތުރު 113 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ކުރަންޖެހޭނެއެވެ. އަދި ކުރިއަށް އޮތް ތަނުގައި ހިއްކަންޖެހެނީ ފުން ސަރަހައްދުތަކެކެވެ. 

ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބައެއް ބަދަލުތައް ގެނެވިފައިވާތީ އެ ސަރަހައްދުން ގޯތި ލިބުނު މީހުންނަށް ލިބުނު ގޯތި ކަނޑައެޅުމަށް އަލުން ގުރުއަތު ނެގުމަށްވަނީ ހަމަޖެހިފައެވެ. އެ ސަރަހައްދުން 1،250 އަކަފޫޓުގެ 2603 ގޯއްޗާއި، 1650 އަކަފޫޓުގެ 1214 ގޯއްޗާއި، 2050 އަކަފޫޓުގެ 254 ގޯތީގެ އިތުރަށް 2450 އަކަފޫޓުގެ އެއް ގޯތި ދޫކޮށްފައިވެއެވެ. 

މާލޭ ސަރަހައްދުން ކުރީ ސަރުކާރުން ގިނަ އަދަދެއްގެ ގޯތި ދޫކުރި ނަމަވެސް އެ ގޯތި ދޫކުރި ފަޅުތައް ހިއްކުމުގެ މަސައްކަަތް އޮތީ ނުކުރެވިއެވެ. ރައީސް ޑރ.މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން އެ މަސައްކަތް ވަރަށް ހަލުއިކޮށް ކުރިއަށްގެންދަވަންވަނީ ފައްޓަވާފައެވެ. 

އެގޮތުން ހުޅުމާލޭ ތިންވަނަ ފިޔަވައްސާއި ގުޅީފަޅުގެ ބިން ހިއްކަވައި ނިންމެވިއެވެ. އަދި އެމަނިކުފާނުގެ ސަރުކާރުން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމަށް ފުށިދިއްގަރުފަަޅު ހިއްކައި، ރަސްމާލޭގެ ނަމުގައި ޒަމާނީ ސިޓީއެއް ތަރައްގީކުރުމުގެ މަސައްކަތްވެސް ގެންދަވަނީ ކުރައްވަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު