ENGLISH

13 ފެބްރުއަރީ 2026

Advertisement

ގއ. ވިލިނގިލި ފެނަކަ އިންޖީނުގެ: ޝުޖާއު ވިދާޅުވީ މިއީ ވައްކަމުގެ ރަމްޒެއް ކަމަށް

13 ފެބްރުއަރީ 2026

|

އައިމިނަތު ޝަފާ

ވިލިނގިލި ފެނަކަ އިންޖީނުގޭގެ ހާލަތު ބަޔާންކޮށް މެމްބަރު ޝުޖާއު ހިއްސާކުރެއްވި ފޮޓޯ

ދެހާސް ނަވާރަ ވަނަ އަހަރު ބިންގާ އެޅި ގއ. ވިލިނގިލީ ފެނަކަ އިންޖީނުގޭގެ މަސައްކަތަކީ އެމްޑީޕީ ސަރުކާރުގެ ވައްކަމުގެ ރަމްޒެއްކަމަށް ބާރަށު ދާއިރާގެ ކޮންގްރެސް ޕާޓީގެ މެމްބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ. 

ވިލިނގިލީ ފެނަކަ އިންޖީނުގޭގެ ފޮޓޯ އަކާއެކު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މެމްބަރު ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވިލިނގިލީ ރައްޔިތުން އެމްޑީޕީއަށް ވޯޓު ނުދޭންޖެހޭ ސަބަބު މި އިމާރާތައް ބަލާލުމުން އެނގިގެންދާނެ ކަމަށެވެ. 

"ގއ. ވިލިނގިލީގެ ލޮބުވެތި ރައްޔިތުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ނުދޭންޖެހޭ ސަބަބު ހަމައެކަނި މި ބިލްޑިންގުން ފުދޭ. މިއީ ގއ.ވިލިނގިލި ފެނަކަ އިންޖީނުގެ." - ބާރަށު ދާއިރާގެ ކޮންގްރެސް ޕާޓީގެ މެމްބަރު އިބްރާހީމް ޝުޖާއު

ވިލިނގިލީ ފެނަކަ އިންޖީނުގޭގެ މަސައްކަތް ގޮސްފައިވާ ހިސާބު ދައްކުވައިދޭ ފޮޓޯއަކާ އެކު ޝުޖާއު ވިދާޅުވީ މިއީ އެމްޑީޕީ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަނުން 47 މިލިއަން ރުފިޔާ ހަރަދު ކޮށް ނިންމާލި އިރު އިމާރާތުގެ މަސައްކަތް ގޮސްހުރި ހިސާބުކަމަށެވެ.

ޝުޖާއު ވަނީ އިމާރާތަށް އެ ސަރުކާރުން ހަރަދުކުރި 47 މިލިއަން ރުފިޔާއަށް ވީގޮތް މިސަރުކާރުން ނުބަލާ އިމާރާތް ނިންމާނީ ކިހިނެތްތޯ ސުވާލު އުފައްދަވާފައެވެ.

"ކޭބަޔަކު ކައިފި. ވިލިނގިލި ރައްޔިތުން ތަކުލީފުގަ. މިއީ ވައްކަމުގެ ބޮޑު ރަމްޒެއް." - ބާރަށު ދާއިރާގެ ކޮންގްރެސް ޕާޓީގެ މެމްބަރު އިބްރާހީމް ޝުޖާއު

ގއ.ވިލިނގިލީގައި އަލަށް ހަދާ އިންޖީނުގޭގެ ޢަމަލީ މަސައްކަތް ފެށީ 2019 ވަނަ އަހަރު އެވެ. މިއީ އެމްޑީޕީގެ ވެރިކަމުގައި އޭރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދާއި، ފެނަކައިގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސަޢީދު މުޙައްމަދު ބިންގާ އަޅުއްވައިދެއްވި އިމާރާތެކެވެ. 

ވިލިނގިއްޔަކީ އާބާދީ އިތުރުވުމުގެ ސަބަބުން ހަކަތައިގެ ދާއިރާ ފުޅާކުރުމަށް ބޭނުންވެފައިވާ ރަށެއްކަމުން އެމްޑީޕީ ސަރުކާރުން އޭރު ބުނީ މި އިންޖީނުގޭގެ މަސައްކަތް ހަ މަސް ދުވަހުގެ ތެރޭގައި ނިންމާނެކަމަށެވެ. 

ނަމަވެސް ދައުރު ނިމިގެން ދިޔަ އިރުވެސް މަސައްކަތް އެއްކޮށް ނިމިފައެއް ނުވެއެވެ. 

ކިޔުންތެރިންގެ ހިޔާލު