ENGLISH
13 ފެބްރުއަރީ 2026
ޕީއެންސީގެ ފަރާތުން ވަށަފަރު ކައުންސިލްގެ ރައީސްކަމަށް ޝަމްޢޫން، މެންބަރުކަމަށް ޒަހީން އަދި ފަރީޝާ
13 ފެބްރުއަރީ 2026
|
ކޮންގްރެސް ޕާޓީގެ ޓިކެޓުގައި ވަށަފަރު ކައުންސިލަށް ކުރިމަތިލައްވާ ތިން ބޭފުޅުން. ފޮޓޯ؛ޕީއެންސީ
އެންމެ މަޤްބޫލު
ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީގެ ޓިކެޓުގައި ހއ. ވަށަފަރު ކައުންސިލަށް ތިން ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.
އެގޮތުން ކޮންގްރެސް ޕާޓީގެ ޓިކެޓުގައި ވަށަފަރު ކައުންސިލުގެ ރައީސްކަމަށް ކުރިމަތިލައްވާފައިވަނީ އަޙުމަދު ޝަމްޢޫނެވެ. އަދި އެ ޕާޓީގެ ފަރާތުން ކައުންސިލުގެ މެމްބަރުކަމަށް ވާދަކުރައްވަނީ މުޙައްމަދު ޒަހީނެވެ. އަދި ޕާޓީގެ ޓިކެޓުގައި ވަށަފަރު ކައުންސިލުގެ އަންހެން މެންބަރުކަމުގެ މަގާމަށް ކުރިމަތިލައްވަނީ ފާތިމަތު ފަރީޝާ އެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބަށް ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް މިހާރު ވަނީ ނިމިފައެވެ.
ވަށަފަރު ކައުންސިލަށް ކުރިމަލައްވާ ކެންޑިޑޭޓުންގެ ކެންޑިޑޭޓު ނަންބަރުތައް:
އަޙުމަދު ޝަމްޢޫން: ކެންޑިޑޭޓު ނަންބަރު 1
މުޙައްމަދު ޒަހީން: ކެންޑިޑޭޓު ނަންބަރު 6
ފާތިމަތު ފަރީޝާ: ކެންޑިޑޭޓު ނަންބަރު 3
ކުރިއަށް އޮތް އިންތިހާބުގައި ކޮންގްރެސް ޕާޓީގެ ޓިކެޓުގައި ރެކޯޑު އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރާއިރު ކެންޑިޑޭޓުންގެ އަމާޒަކީ ރައްޔިތުން އެދޭ ތަރައްގީ ގެނައުމަށް މިހާރު އޮތް ހުރަސްތައް ނައްތާލުމެވެ. އަދި ރައްޔިތުންނާ ގާތުން ރައްޔިތުންގެ ޝަކުވާތައް އަޑު އަހައިގެން އެކަންކަމަށް ހައްލު ގެނެސްދީގެން ރައްޔިތުންނަށް ހަގީގީ ބާރުވެރިކަން ހޯދައިދިނުމެވެ.
ކޮންގްރެސް ޕާޓީގެ ސިޔާސަތު ބަލައިގަނެ ގިނަ ރަށްތަކުގެ ގޮނޑިތައް އިންތިހާބަކާ ނުލައި މިހާރު ވެސް އަންނަނީ ސަރުކާރަށް ދެމުންނެވެ.
މިހާތަނަށް ކޮންގްރެސް ޕާޓީއަށް ލިބިފައިވާ ގޮނޑިތަކަށް ބަލާއިރު، އދ. ދިއްދޫ އަދި އެ އަތޮޅު މަންދޫ ކައުންސިލް ރައީސްގެ ގޮނޑިއާއި، ހއ. ބާރަށާއި އުތީމު ކައުންސިލް ރައީސްގެ ގޮނޑިއާއި، ބ. އޭދަފުށީ ކައުންސިލްގެ ފަސް ގޮނޑީގެ ތެރެއިން، އަންހެން މެންބަރުން ތަމްސީލުކުރައްވާ ދެ ގޮނޑިއާއި، ރ. ފައިނު ކައުންސިލުގައި އަންހެނުންނަށް ޚާއްސަ ގޮނޑި ހިމެނެއެވެ.
ހޯރަފުށި ދާއިރާގައި ހިމެނޭ އުލިގަމު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާގެ ގޮނޑިއާއި، އެ އަތޮޅު ތުރާކުނު ކައުންސިލްގެ މެމްބަރުގެ ގޮނޑިއާއި އެ ރަށު ކައުންސިލުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާގެ ގޮނޑި ވެސް ކޮންގްރެސް ޕާޓީއަށް ވަނީ ލިބިފައެވެ.
އިންތިހާބަކާ ނުލައި އެންމެ ގިނަ ގޮނޑި މިހާތަނަށް ސަރުކާރަށް ދިން ރަށަކީ ތ. ވިލުފުއްޓެވެ. ވިލުފުށީގައި އިންތިހާބުކުރަންޖެހޭ ދިހަ ގޮނޑީގެ ތެރެއިން ނުވަ ގޮނޑި އިންތިހާބަކާ ނުލައި ކޮންގްރެސް ޕާޓީއަށް ވަނީ ދީފައެވެ.