ENGLISH
13 ފެބްރުއަރީ 2026
ޅެންެރިންގެ ދުވަހުގެ ޚާއްސަ ޖަލްސާ މިފަހަރު އައްޑޫ ސިޓީގައި
13 ފެބްރުއަރީ 2026
|
2026 ވަނަ އަހަރުގެ ޅެންވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ހަފްލާއެއްގެ ތެރެއިން.
އެންމެ މަޤްބޫލު
މިއަހަރުގެ ޅެންވެރިންގެ ދުވަހުގެ ޚާއްސަ ޖަލްސާ އައްޑޫ ސިޓީ ހިތަދޫގައި ބާއްވަން ނިންމައިފިއެވެ.
މިޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގެ ރޭގަ އެވެ.
މިއަހަރުގެ ޅެންވެރީންގެ ދުވަހުގެ ހަރަކާތްތައް ހިތަދޫގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، މިއަހަރުގެ ޅެންވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ތަހުސީސްކުރެވިފައިވަނީ އައްޑޫ ސިޓީއަށް ނިސްބަތްވާ ކެމީ ޙަސަން ލަބީބަށެވެ.
މިއަހަރުގެ ޅެންވެރީންގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ރަސްމީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ޓަކައި، ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް މިހާރު ވަޑައިގެން ހުންނެވީ އައްޑޫ ސިޓީ ހިތަދޫގަ އެވެ. މީގެ އިތުރުން ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޙަސަން ޝާކިރު މުޙައްމަދާއި އެކަޑެމީގެ ނައިބު ރައީސާއި ގިނަ ޅެންވެރީންނެއް މި ޖަލްސާގައި ބައިވެރިވުމަށް ވަނީ ހަމަޖެހިފަ އެވެ.
ޅެންވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޅެންވެރިކަމުގެ ފަންނު ކުރިއެރުވުމަށާއި، ޅެންވެރީންގެ މެދުގައި މަޢުލޫމާތު ބަދަލުކުރުމަށް "ޅެންވެރީންގެ ގުންޒަރު"ގެ ނަމުގައި ޚާއްޞަ ހަރަކާތެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވުރާއިން ވަނީ ބުނެފަ އެވެ.
ޅެންވެރީންގެ ދުވަސް ކޮންމެ އަހަރަކުވެސް ޚާއްޞަ ވަނީ ދިވެހި އަދަބިއްޔާތުގެ ގަދަފަދަ ތަނބެއް ކަމަށްވާ އަލްމަރުޙޫމް އިބްރާހީމް ޝިހާބަށެވެ.