ENGLISH
13 ފެބްރުއަރީ 2026
ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ފިޠުރު ޒަކާތް ބަލައިގަންނާނެ
12 ފެބްރުއަރީ 2026
|
ފިޠުރު ޒަކާތް ބަލައިގަތުން، ފޮޓޯ: އިސްލާމިކް މިނިސްޓްރީ
އެންމެ މަޤްބޫލު
ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ފިތުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވާކަމަށް ޒަކާތު ހައުސްއިން ބުނެފިއެވެ.
ޒަކާތު ހައުސްއިން ބުނީ އަންނަ ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މި އަހަރުގެ ފިޠުރު ޒަކާތް އޮންލައިންކޮށް ބަލައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 27 ވަނަ ދުވަހުގެ ހެނދުނު 6:00 އާ ހަމައަށް އޮންލައިންކޮށް ޒަކާތް ދެއްކޭނެ އިންތިޒާމު ޒަކާތު ހައުސް އިން ހަމަޖައްސާފައިވާއިރު މިފަހަރު އޮންލައިންކޮށް ހަތް ޕްލެޓްފޯމަކުން ޒަކާތް ދެއްކޭނެއެވެ.
އޮންލައިންކޮށް ޒަކާތް ދެއްކޭނެ ގޮތްތައް:
ދިރާގު އެޕް/ ދިރާގު ޕޭ (ވެބްސައިޓް)
އުރީދޫ، އެމް ފައިސާ (އެޕްލިކޭޝަން)
މޯލްޑިވްސް އިސްލާމިކް ބޭންކު (އެޕްލިކޭޝަން)
ބޭންކް އޮފް މޯލްޑިވްސް މޯބައިލް (އެޕްލިކޭޝަން)
ފަހިޕޭ (އެޕްލިކޭޝަން)
އަވަސް އެޕް
ބަނޑޭރި ޕޭ
ބަނޑޭރިޕޭ އަދި ފަހިޕޭ މެދުވެރިކޮށް ރަމަޟާން މަހުގެ އެންމެ ފަހު ދުވަހާހަމައަށް ވެސް ފިތުރު ޒަކާތް ދެއްކޭނެކަމަށް ޒަކާތު ހައުސްއިން މައުލޫމާތުދެއެވެ. އަދި އުމުރުން ދުވަސްވީ މީހުންނާއި އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރިނޫން ފަރާތްތަކަށް ހާއްސަކޮށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވެއެވެ. ޒަކާތު ހައުސްއިން ވަނީ ރަމަޟާން މަހު ކައުންޓަރުން ޒަކާތް ބަލައިގަންނާނެ ވަގުތުތައް ވެސް އިއުލާނުކޮށްފައެވެ.
ރަމަޟާން މަހު ކައުންޓަރުން ޒަކާތް ބަލައިގަންނާނެ ވަގުތުތައް:
22 ފެބްރުއަރީން 9 މާރިޗްއަށް: ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު: 10:00 އިން 13:00 އަށް
10 މާރިޗް އިން 19 މާރިޗްއަށް: ހުކުރު ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު: 11:00 އިން 14:00 އަށް
މި އަހަރު ޒަކާތް ބަލައިގަންނަން ހަމަޖެހިފައިވާ އަގުތައް ވެސް ޒަކާތު ހައުސްއިން މިހާރު ވަނީ އިއުލާނު ކޮށްފައެވެ.
1. އާދައިގެ ހަނޑޫ- 12 ރުފިޔާ
2. ތައިލެންޑް ހުދު ހަނޑޫ- 53 ރުފިޔާ
3. ރަތް ހަނޑޫ- 96 ރުފިޔާ
4. ބާސްމަތީ ހަނޑޫ (އާދައިގެ)- 77 ރުފިޔާ
5. ބާސްމަތީ ހަނޑޫ (މޮޅު)- 109 ރުފިޔާ
6. ބާސްމަތީ ހަނޑޫ (އެންމެ މޮޅު)- 136 ރުފިޔާ
7. އާދައިގެ ފުށް- 10 ރުފިޔާ
8. އާޓާ ފުށް - 75 ރުފިޔާ
އަތޮޅު ތެރޭގައި ނަގުދު ފައިޒާ އިން ޒަކާތް ބަލައިގަންނާނީ އެ ރަށެއްގެ ރަށު ކައުންސިލުތަކުންނެވެ.
ޒަކާތުގެ ޚިދުމަތްތަކަކީ ބޭނުންކުރަން ފަސޭހަ އަދި އެންމެންނަށް ބައިވެރިވެވޭ ޚިދުމަތްތަކަކަށް ހެދުމަށާއި، ޒަކާތުގެ ފައިސާ ވަގުތުން ބަލައިގަނެ، ޒަކާތުގެ ބެހެނިވެރީންނަށް އެންމެ އެދެވޭ ގޮތުގައި ފޯރުކޮށްދިނުމަށްޓަކައި ޒަކާތު ހައުސްއިން ދަނީ އައު އީޖާދީ ޙައްލުތަކާއި އިސްތިރާޖީ ގުޅުންތައް ޤާއިމުކުރަމުންނެވެ.