ENGLISH
05 ޖުލައި 2025
އެންއައިސީގެ މެމްބަރުގެ މަގާމަށް އިންޝާ އައްޔަން ކުރުމަށްމަޖިލީހުން ރުހުން ދީފި
09 ޑިސެމްބަރު 2024
|
މަރިޔަމް އިންޝާ ފައިސަލް
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ މެންބަރުގެ މަގާމަށް ގ. ނޫރަންފިނި، މަރިޔަމް އިންޝާ ފައިސަލް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިންޝާ އެ މަގާމަށް އައްޔަންކުރަން ފާސްކޮށްފައިވަނީ 58 މެންބަރުންގެ އިއްތިފާގުންނެވެ.
އެންއައިސީގެ މެންބަރުގެ މަގާމަށް އިންޝާ އައްޔަންކުރުމަށް ރައީސް, ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި މައްސަލަ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކޮށްފައިވެ އެވެ.
އެ ކޮމިޓީއިން ކުރި ދިރާސާގެ މައްޗަށް އެކުލަވާލި ރިޕޯޓް ހުށަހަޅުއްވަމުން ކޮމިޓީގެ މުގައްރިރު, މާފުށީ ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމް ވިދާޅުވީ އެންއައިސީ މެންބަރު ކަމަށް އިންޝާ ޝަރުތުހަމާވޭތޯ ބެލުމަށް މަޖިލީހުގެ ގަވާއިދުގެ ދަށުން 3 މުވައްޒަފުންގެ ޕެނަލެއް އެކުލަވާލެވުނު ކަމަށެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި އިލެކްޝަން ކޮމިޝަނާއި ފުލުހުންގެ ހިދުމަތާއި ކަރެކްޝަނަލް ސާވިސްއާއި މޯލްޑިވްސް އިމިގްރޭޝަން އަދި ކަސްޓަމްސް ސާވިސްއިން މައުލޫމާތު ސާފުކުރެއްވި ކަމަށް ރިޒާ ވިދާޅުވި އެވެ.
އިންޝާއާ ގުޅިގެން އެއްވެސް ޝަކުވާއެއް ވޭތޯ ބެލުމަށް ކޮމިޓީން ހުޅުވާލިކަން ފާހަގަކުރައްވަމުން ރިޒާ ވިދާޅުވީ ހުޅުވާލި މުއްދަތުގައި އެއްވެސް ފަރާތަކުން ޝަކުވާއެއް ހުށަހަޅާފައިނުވާ ކަމަށެވެ.
އެންއައިސީގެ މެންބަރު ކަމަށް އިންޝާ ޝަރުތު ފުރިހަމަވާތީ ކޮމިޓީން ކުރި އިންޓަވިއުއިން އިންޝާއަށް 88 އިންސައްތަ ލިބިފައިވާ ކަމަށް ރިޒާ ވިދާޅުވި އެވެ.