ENGLISH

12 ފެބްރުއަރީ 2026

Advertisement

އިންތިޚާބާ ގުޅިގެން އިލެކްޝަންސްއިން މާދަމާ ހުޅުމާލޭގައި ހަވީރެއް ބާއްވަނީ

12 ފެބްރުއަރީ 2026

|

ހަނާން އަހުމަދު ނައީމް

ފޮޓޯ: އިލެކްޝަންސް ކޮމިޝަން

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ތައްޔާރުވުމަށް އިލެކްޝަންްސް ކޮމިޝަނުން، "ވޯޓަށް ތައްޔާރު" ނަމުގައި މާދަމާ ހުޅުމާލޭގައި ހަވީރެއް ބާއްވަން ނިންމައިފިއެވެ. 

މި އާއިލީ ހަވީރު ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހުޅުމާލެ ފޭސް 2 ގެ ރުއްގަނޑު 3 ގައެވެ.

ހަވީރު 1600 އިން ފެށިގެން 1800 އަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިިިވާ މި އާއިލީ ހަވީރުގައި ކުޑަކުދިންނާއި ގުޅޭ އެކި ކުޅިވަރުތައް ހިމެނެއެވެ. އޭގެ ތެރޭގައި، ފޭސް ޕެއިންޓިން އަދި ސްޓޭޖް ހަރަކާތްތަކުގެ އިތުރުން އިނާމު ލިބޭ އެކި އެކި ކުޅިވަރުތައް ކުރިއަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ.

ލޯކަލް ކައުންސިލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބާއި ގުޅުވައިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ހަރަކާތުގައި، ވޯޓުލާ ފޮށި ބަދަލުކުރުމަށް ރީ-ރަޖިސްޓަރީވުން، އިންތިހާބުގައި އޮފިޝަލަކަށްވުމަށް ހުށައެޅުން، އަދި މީގެ އިތުރުން ޓާސްކުފޯސް ވަޒީފާތަކަަށް އޮތް ފުރުސަތުތަކުގެ މައުލޫމާތު ދިނުން ވެސް ކުރިއަށްދާނެއެވެ.

މި އިންތިހާބުގައި ޖުމްލަ ހަ ސިޔާސީ ޕާޓިއަކުން ވާދަކުރާއިރު، ރަށު ކައުންސިލްތަކުން 626 އަދި ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިހާބު ކުރާނެއެވެ.

މި އިންތިހާބުގައި 294،937 މީހުންނަށް ވޯޓުލުމުގެ ހައްޤު ލިބިގެންވެއެވެ. އެއީ 144،527 އަންހެނުންނާއި 150،410 ފިރިހެނުންނަށެވެ.

ކިޔުންތެރިންގެ ހިޔާލު