ENGLISH
19 އޭޕްރީލު 2025
ކޮރަޕްޝަނާ ދެކޮޅަށް ތެދުވެރި މަސައްކަތެއް ފެށުމަށް ރައީސް މުޢިއްޒު ގޮވާލައްވައިފި
09 ޑިސެމްބަރު 2024
|
ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ކުރެއްވި ޕޯސްޓް
ކޮރަޕްޝަނާ ދެކޮޅަށް ތެދުވެރި މަސައްކަތެއް ފެށުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގޮވާލައްވާފިއެވެ.
ބައިނަލްއަޤްވާމީ އެންޓި ކޮރަޕްޝަން ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ކޮރަޕްޝަނަށް މަގުފަހިވާ އެއްވެސް ކަމަކަށް ނޭދުމަށާއި، އެފަދަ ހުށަހެޅުންތައް ޤަބޫލު ނުކުރުމަށް ރައްޔިތުންނަށް އިލްތިމާސް ކުރައްވައިފައެވެ. އަދި ފަސާދަ ހުއްޓުވުމަށްޓަކައި އަމަލާއި ބަހުން ތެދުވެރި މަސައްކަތެއް ފެށުމަށް ވެސް އެމަނިކުފާން ގޮވާލެއްވިއެވެ.
ބައިނަލްއަގުވާމީ އެންޓި ކޮރަޕްޝަން ދުވަހަކީ ޑިސެމްބަރު 9 އެވެ.
ކޮރަޕްޝަންއާ ދެކޮޅަށް ރާއްޖެއިން ކުރަމުންގެންދާ މަސައްކަތްތައް ހަރުދަނާކުރުމުށް ޖަޕާން ސަރުކާރުގެ އެހީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މޮބިލިޓީ އަދި އޮޕަރޭޝަނަލް ކެޕޭސިޓީ އިތުރު ކުރުމާގުޅޭ މަޝްރޫއުގެ "އެކްސްޗޭންޖް އޮފް ނޯޓްސް" ގައި އިއްޔެ ވަނީ ސޮއިކޮށްފައެވެ. އަދި މި މަޝްރޫއަކީ ރާއްޖޭގައި ކޮރަޕްޝަނާ ދެކޮޅަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅައި، ހާމަކަން ބޮޑު ދެފުށް ފެންނަ، ޒިންމާދާރު ސަރުކާރެއް ބިނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމުގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ވަނީ އެ ރަސްމިއްޔާތުގައި ވިދާޅުވެފައެވެ.