ENGLISH
11 ފެބްރުއަރީ 2026
ރާއްޖެއަށް ތިން ލައްކަ ފަތުރުވެރިން ޒިޔާރަތްކޮށްފި، އެންމެ ގިނަ ފަތުރުވެރިން އައީ ޗައިނާއިން
11 ފެބްރުއަރީ 2026
|
ފަތުރުވެރިންތަކެއް ރާއްޖޭގައި. ރާއްޖެއަށް ވަނީ މިއަހަރު ތިން ލައްކަ ފަތުރުވެރިން ޒިޔާރަތްކޮށްފަ-- ފޮޓޯ: އެޓޯލް ޓައިމްސް
އެންމެ މަޤްބޫލު
އަހަރުގެ މިހާތަނަށް ރާއްޖެއަށް ތިން ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ހިސާބުތަކަށް ބަލާއިރު މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންނާ އަޅާބަލާއިރު 5.1 އިންސައްތަ އިތުރު އަދަދެކެވެ.
ވުޒާރާގެ ހިސާބުތަކަށް ބަލާއިރު މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 303,488 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 288،798 ފަތުރުވެރިންނެވެ.
ރާއްޖެއަށް ތިން ލައްކައަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މިދިޔަ އާދީއްތަ ދުވަހަކީ ރާއްޖެ އަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރާތްކުރި ދުވަހެވެ. އެދުވަހު ރާއްޖެއަށް 10،462 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ގައުމުތައް:
ޗައިނާ: 39,132
ރަޝިޔާ: 36,565
އިޓަލީވިލާތް: 30,656
އިނގިރޭސިވިލާތް: 27,864
ޖަރުމަނުވިލާތް: 18,630
އިންޑިއާ: 11,223
ފަރަންސޭސިވިލާތް: 10,569
އެމެރިކާ: 8,192
ޕޮލެންޑް: 7,986
އޮސްޓްރިއާ: 6,459
މީގެ ތެރެއިން 299،764 ފަތުރުވެރިން އައިސްފައިވަނީ ރާއްޖޭގެ މައި އެއަރޕޯޓް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށެވެ. ދެ ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައީ މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށެވެ. އެއީ 1،012 ފަތުރުވެރިންނެވެ. ތިން ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައި ގަން އިންޓަނޭޝަނަލް އެއާޕޯޓަށް 962 ފަތުރުވެރިން އައިސްފައިވެއެވެ.
ފެބުރުވަރީ މަހު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ރާއްޖެއަށް 8،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރެއެވެ.
މިދިޔަ އަހަރު ރާއްޖެއަށް ވަނީ ރެކޯޑު އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފަ އެވެ. އެގޮތުން މިދިޔަ އަހަރުތެރޭ ރާއްޖެއަށް 2.2 މިލިޔަން އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފަ އެވެ. މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 2.5 މިލިއަން އަށް އިތުރުކުރުމަކީ އަމާޒުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވަނީ އިއުލާން ކުރައްވާފަ އެވެ. މިއަމާޒަށް ވާސިލްވުމަށްޓަކައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.