ENGLISH
10 ފެބްރުއަރީ 2026
ސުނާމީ ބިނާ ހުރި ސަރަޙައްދު ހިތްފަސޭހަ މައިދާނަކަށް ހެދުމުގެ މަސައްކަތް ފަށައިފި
10 ފެބްރުއަރީ 2026
|
ސުނާމީ ބިނާ ސަރަޙައްދު --
އެންމެ މަޤްބޫލު
ސުނާމީ ބިނާ ހުރި ސަރަޙައްދު ހިތްފަސޭހަ މައިދާނަކަށް ހެދުމުގެ މަސައްކަތް ފަށައިފި އެވެ.
ސުނާމީ ބިނާ ހުރި ސަރަޙައްދުގެ ހުޅަނގު ފަރާތުގައި ޖަހާފައިވާ ޝީޓްފައިލްތައް ހަލާކުވެ، ވެލިގަނޑު ދަމައިގަންނަމުންދާތީ އެ ސަރަޙައްދުގެ ޝީޓް ޕައިލްތައް އާކޮށް، ކީވޯލް މަރާމާތު ކުރުމުގެ މަސައްކަތާއި، އެ ސަރަޙައްދަކީ ހިތްފަސޭހަ މައިދާނަކަށް ހެދުމުގެ މަސައްކަތް މިއަދު އެމްޓީސީސީ އިން ވަނީ ފަށާފަ އެވެ.
ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ.ޢަބްދުﷲ މުއްތަލިބު ވިދާޅުވީ މިއީ މާލޭގައި ހުރި އެކި އެކި ޕާކުތަކާއި މައިދާންތަކަކީ ރައްޔިތުންނަށް ހިތްފަސޭހަ ތަންތަނަށް ހެދުމަށް ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ މަޝްރޫޢެއް ކަމަށެވެ.
ސުނާމީ ބިނާ ހުރީ ތިން ރުއްޕާކުގެ ނަމުން މަޝްހޫރުވި ތަނުގަ އެވެ. އެ ސަރަޙައްދު ކުރީން ވެސް ހިތްފަސޭހަ ސަރަޙައްދެއްގެ ގޮތުގައި ތަރައްޤީ ކުރި އެވެ. ނަމަވެސް އެތަން ނުބެލެހެއްޓި ދިއުމުން މުޅި ސަރަޙައްދު މިހާރު އޮތީ ހަލާކުވެފަ އެވެ.