ENGLISH

10 ފެބްރުއަރީ 2026

Advertisement

އީސީގެ މެންބަރު ކަމަށް ރިފްއަތު އައްޔަނުކުރަން ފޮނުވައިފި

10 ފެބްރުއަރީ 2026

|

އަޙުމަދު ޙަމީދު

ރިފްއަތު --

އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުގެ މަޤާމަށް އައްޔަނުކުރަން ފެންނަ ބޭފުޅެއްގެ ނަން ރައީސުލްޖުމްހޫރިއްޔާ, ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.

އީސީގެ މެންބަރު ކަމަށް އައްޔަނުކުރަން ފެންނަ ބޭފުޅެއްގެ ނަން މަޖިލީހަށް ފޮނުއްވީ އެ ކޮމިޝަންގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން ޑރ. މުޙައްމަދު ޒާހިދުގެ މެންބަރު ކަމުގެ މުއްދަތު ހަމަވާތީ އެވެ.

ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވެވީ އަލްއުސްތާޛު ރިފްއަތު ޢަބްދުﷲގެ ނަމެވެ. އޭނާ އަކީ އެކޮމިޝަންގެ ކުރީގެ ލީގަލް ޑިޕާޓްމަންޓްގެ ޑެޕިއުޓީ ޑިރެކްޓަރެވެ. އޭނާ އަކީ ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ ޑިރެކްޓަރުގެ މަޤާމު ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ.

މަޖިލީހުން ވަނީ ރިފްއަތުގެ ނަން ދިރާސާކުރުމަށް މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުވާފަ އެވެ. ރިފްއަތުގެ އިތުރުން ދެން ކުރިމަތިލީ ބޭފުޅުންގެ ނަންތައް ވެސް ވަނީ މަޖިލީހަށް ފޮނުވާފަ އެވެ. އޭގެ ތެރޭގައި ޑރ. ޒާހިރު ވެސް ހިމެނެ އެވެ.

ކިޔުންތެރިންގެ ހިޔާލު