ENGLISH

10 ފެބްރުއަރީ 2026

Advertisement

ކ.ގުޅީ ސްކޫލްގެ އާ އިމާރާތުގެ ދެވަނަ ފަންގިފިލާގެ ބީމް އެޅުމަށް ތައްޔާރުވަނީ

10 ފެބްރުއަރީ 2026

|

އާމިނަތު ނުޒްލާ

ގުޅީ ސްކޫލްގައި ތަރައްޤީކުރާ އިމާރާތުގެ މަސައްކަތް ކުރިއަށްދަނީ. -- ފޮޓޯ: އެމްޓީސީސީ

ކ. ގުޅީ ސްކޫލްގައި ތަރައްޤީކުރާ ހަ ކްލާސްރޫމް އާއި މަލްޓިޕަރޕަސް ހޯލުގެ، ދެވަނަ ފަންގިފިލާގެ ބީމް އެޅުމަށް ތައްޔާރު ވަމުން އަންނަ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

އެމްޓީސީސީން ބުނީ މިހާރު ކުރިއަށްދަނީ ދެވަނަ ފަންގިފިލާގެ ބީމް އެޅުމަށްޓަކައި ފްރޭމްވޯކް ތައްޔާރުކޮށް ރެއިންފޯސްމަންޓްގެ މަސައްކަތް ކަމަށެވެ.

ގުޅީ ސްކޫލްގައި ތަރައްޤީކުރާ އިމާރާތުގެ މަސައްކަތް ކުރިއަށްދަނީ. -- ފޮޓޯ: އެމްޓީސީސީ

މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގަ އެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ (ރިޓަޔާރޑް) ޑީ.ސީ.ޕީ އަޙްމަދު ސައުދީ އެވެ. އަދި މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. އިސްމާޢީލް ޝަފީޢު އެވެ.

ގުޅީ ސްކޫލްގައި ތަރައްޤީކުރާ އިމާރާތުގެ މަސައްކަތް ކުރިއަށްދަނީ. -- ފޮޓޯ: އެމްޓީސީސީ

ގުޅީގައި އިމާރާތްކުރާ ހަ ކްލާސް ރޫމް އާއި މަލްޓި ޕާޕަސް ހޯލު ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ޚިދުމަތް ދެވެން ފެށުމާއެކު، އެރަށުގައި ކިޔަވަމުންދާ ދަރިވަރުންގެ އިތުރުން އެ ސްކޫލުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވެސް ވަރަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު