ENGLISH

10 ފެބްރުއަރީ 2026

Advertisement

މާލޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ދެ ދުވަސް ތެރޭ ފުލުހުން 364 ތަނެއް ބަލައިފާސްކޮށްފި

10 ފެބްރުއަރީ 2026

|

އާމިނަތު ނުޒްލާ

ފުލުހުން މަގުމަތީ ހަރަކާތްތެރިވަނީ-- ފޮޓޯ: ފުލުހުންގެ އިދާރާ

މާލޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތު ތެރެއިން ފާއިތުވި 48 ގަޑިއިރު ތެރޭގައި 364 ސަރަހައްދެއް ބަލައި ފާސްކޮށް ފަސް އުޅަނދު ޓޯވކޮށްފައިވާކަމަށް ފުލުހުންގެ އިދާރާއިން ހާމަކޮށްފި އެވެ.

ފުލުހުން ބުނީ، މި އޮޕަރޭޝަންއަކީ އެ ހިދުމަތުގެ ގޭންގް ކްރައިމް ސަޕްރެޝަން ޑިޕާރޓްމަންޓުން ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ. އެގޮތުން ބަލައިފާސްކޮށްފައިވަނީ އެންމެ ހޮޓްސްޕޮޓްސް ކަމަށް ފާހަގަކުރެވޭ ސަރަހައްދުތައް ކަމަށްވެސް އެ ހިދުމަތުން ވަނީ ބުނެފަ އެވެ.

މި އޮޕަރޭޝަންގެ ތެރެއިން ގޭންގް ކްރައިމް ސަޕްރެޝަން ޑިޕާރޓްމަންޓުން، ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި ހޮޓްސްޕޮޓްސްގެ ގޮތުގައި ފާހަގަކުރެވޭ ސަރަހައްދުތައް 364 ފަހަރު ބަލައިފާސްކޮށް 68 މީހުންނާ ބައްދަލުކޮށް ސުވާލުކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ. މީގެ އިތުރުން އަށް އުޅަނދެއް ޗެކްކޮށްފައިވާއިރު ފަސް އުޅަނދެއް ޓޯވކޮށްފައިވާކަމަށް ވެސް އެ އިދާރާއިން ވަނީ ބުނެފަ އެވެ.

މި އޮޕަރޭޝަންގައި މާލެއާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ފުޓްޕެޓްރޯލްކޮށް ބަލަހައްޓާފައިވެ އެވެ. އެގޮތުން ޖުމްލަ 5 ގަޑިއިރަށްވުރެ ގިނަ ވަގުތު ފުލުހުން ފުޓްޕެޓްރޯލް ކޮށްފައިވާކަމަށްވެސް އެ އިދާރައިން ވަނީ ހާމަކޮށްފަ އެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، މަގުމައްޗަކީ ރައްކާތެރި އަމާންތަނަކަށް ހެދުމަށްޓަކައި ފުލުހުންގެ އިދާރާއިން އަންނަނީ ގިނަ އޮޕަރޭޝަންތައް ހިންގަމުންނެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ރައްޔިތުންގެ ރައްކާތެރިކަމަށް މިފަދަ އޮޕަރޭޝަންތައް ކުރިއަށްދާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު