ENGLISH
10 ފެބްރުއަރީ 2026
މި އަހަރު އަތޮޅު އިޙްޔާ ފޯރަމް 10 ރަށެއްގައި އޮންނާނެ
10 ފެބްރުއަރީ 2026
|
މިދިޔަ އަހަރު އޮތް އިޙްޔާ ފޯރަމް --
އެންމެ މަޤްބޫލު
މި އަހަރުގެ ރަމަޟާން މަހު އަތޮޅު އިޙްޔާ 10 ރަށެއްގައި ބޭއްވުމަށް ހަމަޖައްސައިފި އެވެ.
އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިންް މިއަދު ބުނީ މި އަހަރުގެ އިޙްޔާ ފޯރަމްތައް ބާއްވާނެ ރަށްތައް ފައިނަލްކޮށްފައިވަނީ، އެކަމަށް އެދި ރަށްރަށުގެ ކައުންސިލްތަކުން ހުށަހަޅާފައިވާ ޕްރޮޕޯސަލްތަކަށް ބަލައި، އެ ރަށްރަށުގައި މިފަދަ ޕްރޮގްރާމެއް ހިންގުމަށް ހުރި ތައްޔާރީތަކާއި އިންތިޒާމުތަކަށް ވަރަށް ފުރިހަމައަށް ރިޢާޔަތް ކުރުމަށް ފަހުގައި ކަމަށެވެ.
އެގޮތުން އިޙްޔާ ފޯރަމްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ތިނަދޫ ސިޓީ، ތ. ދިޔަމިގިލި، ގދ. މަޑަވެލި، ގދ. ގައްދޫ، ހއ. އިހަވަންދޫ، ޅ. ނައިފަރު، ކ. ހިންމަފުށި، ކ. ގުރައިދޫ، ލ. މާވަށް އަދި ރ. މީދޫގަ އެވެ.
މި ސިލްސިލާ ފޯރަމްތަކުގެ މައިގަނޑު މަގުސަދަކީ ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި، ބަރަކާތްތެރި ރަމަޟާން މަހުގެ މަންފާ އެންމެ ފުރިހަމަ ގޮތުގައި އާންމުންނަށް ފޯރުކޮށްދިނުމެވެ. މީގެ އިތުރުން، މިއަހަރުގެ އިޙްޔާ ފޯރަމްތަކަށް ހާޒިރުވާ ފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެން، ހޮވޭ ނަސީބުވެރިންނަށް އަގުހުރި ހާއްސަ އިނާމުތަކެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
އެ ވުޒާރާއިން ވަނީ ފޯރަމްތައް ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚާއި ދަރުސް ދެއްވާނެ ޢިލްމުވެރީންގެ ނަންތައްވެސް ޢާންމު ކުރައްވާފަ އެވެ.