ENGLISH

10 ފެބްރުއަރީ 2026

Advertisement

އިނގިރޭސި ލިސްނިންގ އިމްތިހާނު ކުރިއަށްދާ ގަޑީގައި، މާލޭގެ ބައެއް މަގުތައް އާއްމު ޓްރެފިކަށް ބަންދު

10 ފެބްރުއަރީ 2026

|

އާމިނަތު ނުޒްލާ

އިމްތިހާނެއްގައި ކުދިން ބައިވެރިވަނީ -- ފޮޓޯ: ތަޢުލީމީ ވުޒާރާ

އައިޖީސީއެސްއީ އިނގިރޭސި ލިސްނިންގ އިމްތިހާނު ބޭއްވުމަށް ހަމަޖެހިފައިވާތީ، އެ ގަޑިތަކުގައި މާލޭގެ ބައެއް މަގުތައް އާއްމު ޓްރެފިކަށް ބަންދު ކުރެވޭނެކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ އާއްމު ޓްރެފިކަށް ބަންދު ކުރުމަށް ހަމަޖެހިފައިވަނީ މާލޭގެ ސެކަންޑަރީ ސްކޫލްތައް ހިމެނޭ ސަރަހައްދުތައް ކަމަށެވެ. އެގޮތުން މަގުތައް ބަންދުކުރުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު ހެނދުނު 8:30 އިން 10:45 އަށް ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.

އިމްތިހާނު ކުރިއަށްދާ ވަގުތުތަކުގައި ސްކޫލްތައް ހިމެނޭ ސަރަހައްދު ބޭނުންކުރައްވާ ފަރާތްތަކުން ދަރިވަރުންނަށް އުދަނގޫވާނެ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ފުލުހުންގެ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

އާއްމުންގެ ފަރާތުން މިފަދަ ކަންކަމުގައި ލިބެމުންދާ އެއްބާރުލުމަށް ފުލުހުންގެ އިދާރާއިން ވަނީ ޝުކުރުއަދާ ކޮށްފަ އެވެ. އަދި މިކަމުގެ ސަބަބުން ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް ނިހާޔަތަށް މާފަށް އެދޭ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު