ENGLISH

19 އޭޕްރީލު 2025

Advertisement

މަސްވެރިންނަށް ދޭންޖެހޭ ހުރިހާ ފައިސާއެއް ދީ ނިމިއްޖެ

09 ޑިސެމްބަރު 2024

|

އަހުމަދު ސައީދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

މަސްވެރިންނަށް ދޭންޖެހޭ ހުރިހާ ފައިސާއެއް ދީ ޚަލާސްކޮށްފައިވާ ކަމަށާއި، މާދަމާއިން ފެށިގެން މަސްވެރިންނަށް 48 ގަޑިއިރުގެތެރޭގައި ފައިސާ ލިބެމުންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ވިދާޅުވީ އއ. އަދި ކ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކ. ގާފަރަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

"މިއަދު، އެންމެ ފަހުން މިދިޔަ 14 ދުވަހުގެ ތެރޭގައި ދައްކަންކުރި ގާތްގަނޑަކށް 38 މިލިއަން ރުފިޔާ ޕެންޑިން ހުރި. މަސްވެރިނަށް ދޭން، އެ 38 މިލިއަން ރުފިޔާ ދާދިދެންމެއަކު ވަނީ އޮޑިވެރިނަށް ޖަމާކޮށްދެވިފައި، އެގޮތުން ބީއެމްލްގަ އެކައުންޓު ހުރި 196 ބޭފުޅަކަށް 32.4 މިލިޔަން ރުފިޔާ، އަދި އެމްއައިބީގަ އެކައުންޓު ހުރި 20 އޮޑިވެރިޔަކަށް 5.6 މިލިޔަން ރުފިޔާވަނީ ޖަމާކޮށްދީފައި،" ރައީސް މުޢިއްޒު ވިދާޅުވިއެވެ. 

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ފިނޭންސް މިނިސްޓްރީ އާއި ޤައުމީ ބޭންކާއި މިފްކޯ އާ ދެމެދު އިއްޔެ އެއްބްސްވުމެއް ހަދާފައިވާ ކަމާއި، އެެއްބަސްވުމުގެ ދަށުން މަސް ކިރުވާތާ 40 ގަޑިއިރުތެރޭގައި ބީއެމްއެލްގެ އެކައުންޓަށް ފައިސާ ޖަމާކުރާނެ ކަމަށެވެ. 

"އެ އިންތިޒާމުތަކުގެ ނަތީޖާ އަކީ މާދަމާ އިންފެށިގެން، ބީއެމްލެގައި އެކައުންޓެއް އޮވެއްޖެނަމަ ކޮންމެ މަސްދޯންޏަކަށް މަސް ކިރާތާ 48 އަޑިއިރު ތެރޭގައި ފައިސާ ޖަމާކުރުމުގެ ކަންތައް އެ އޮތީ ހަމަޖައްސައިދީފައި، މާދަމާއިން ފެށިގެން މަސްވެރިނަށް އަޅުގަނޑުވީ ވައުދު ފުއްދެމުންދާނެ،" ރައީސް މުޢިއްޒު ވިދާޅުވި އެވެ. 

ރައީސް މުޢިއްޒު ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާ ކަމަށެވެ. އެގޮތުން ރާއްޖޭގައި މަސް ރައްކާކުރުމުގެ ގާބިލްކަން ދެގުނަ ކުރުމާއި ޕްރޮސެސިންގ ފެސިލިޓީތަކުގެ މަސައްކަތްތައް ވެސް ކުރިއަށްދާނެ ކަމަށެވެ.

މީގެއިތުރުން މި ސިނާއަތް ސިންދަފާތު ކުރުމަށް ވެސް ސަރުކާރުގެ ޕްލޭންތައް އެބަހުރި ކަމަށާއި، މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް، ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ ސިނާއަތަށް މަސްވެރިކަން ހެދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު