ENGLISH

10 ފެބްރުއަރީ 2026

Advertisement

ބާލިންގައި ބާއްވާ މެރަތަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

10 ފެބްރުއަރީ 2026

|

އާމިނަތު ނުޒްލާ

ބާލިންގައި 2025 އަހަރު ބޭއްވި މެރަތަންގައި އެތްލީޓުން ދުވަނީ-- ފޮޓޯ: މެރަތަން

ޖަރުމަނުގައި ބާއްވާ ބާލިން މެރަތަންގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކަށް، އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އޭއޭއެމް) އިން އެ ފުރުސަތު ހުޅުވާލައިފި އެވެ.

އެތްލެޓިކްސް އެސޯސިއޭޝަން އިން ބުނީ މި މެރަތަންގައި ބައިވެރިވެވޭނީ ހަމައެކަނި ދިވެހިންނަށް ކަމަށެވެ. އަދި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން އެ އެސޯސިއޭޝަނުން އާއްމުކޮށްފައިވާ ފޯމް އޮންލައިންކޮށް ފުރުމަށް ވަނީ އެދިފަ އެވެ.

މެރަތަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން، އަމިއްލަ ހައިސިއްޔަތުން ބައިވެރިވުމުގެ އިތުރުން ކުލަބުތަކުންވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. މެރަތަންގައި ބައިވެރިވާ ފަރާތްތަކުން އެންޓްރީ ފީއެއްގެ ގޮތުގައި 385 ރުފިޔާ ދައްކަން ޖެހޭ ކަމަށް ވެސް އިއުލާނުގައި ވަނީ ބުނެފަ އެވެ.

ދުނިޔޭގެ ހުރިހާ ޤައުމަކަށް ހުޅުވައިލައިގެން ކޮންމެ އަހަރަކު ޖަރުމަންގެ ބާލިންގައި ބާއްވާ، މި މެރަތަންއަކީ ދުނިޔޭގެ އެކި ގައުމުތަކުން ވަރަށް ގިނަ އަދަދެއްގެ އެތުލީޓުން ބައިވެރިވާ ދުވުމެކެވެ.

މި މެރަތަން ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހު އެވެ.

މި މެރަތަންގައި ބައިވެރިވާ ފަރާތްތަކުން ހަ ގަޑި އިރާ 15 މިނެޓުގެ ތެރޭގައި، 42.195 ކިލޯ މީޓަރުގެ ރާސްތާއެއެއް ނިންމަން ޖެހެ އެވެ.

ރާއްޖޭގެ އެތްލީޓުން އަންނަނީ އެކި ފަހަރު މަތިން މި މެރަތަންގައި ބައިވެރިވަމުންނެވެ. އަދި މެރަތަންގެ ޤައުމީ ރެކޯޑުތައް ވެސް މި މެރަތަންގެ ތެރެއިން ރާއްޖޭގެ އެތްލީޓުން ވަނީ ގާއިމްކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު