ENGLISH
10 ފެބްރުއަރީ 2026
އެމްޑީޕީ މެމްބަރުން އުޅެނީ ހަ މަސްދުވަހުގެ މުސާރަ މަދުވެގެން: ފަލާހް
10 ފެބްރުއަރީ 2026
|
ޕީއެންސީގެ ޕީޖީ ލީދަރު ފަލާހް. ފޮޓޯ؛ މަޖިލިސް
އެންމެ މަޤްބޫލު
މައި ދެ އިންތިހާބު އެއްކޮށްލުމަކީ މައްސަލައެއްކަމަށް އިދިކޮޅު ފަރާތްތަކުން ނުދެކޭކަމަށާއި، މައްސަލައަކަށް ވެގެން އުޅޭކަމަށް ގަބޫލުކުރެވެނީ އިސްލާހާއެކު މެމްބަރުންގެ ހަ މަސް ދުވަހުގެ މުސާރަ އުނިވާނެތީ އެ މައްސަލަކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހް ވިދާޅުވެއްޖެ އެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މެމްބަރު ވަނީ މަޖިލީހުގެ ތަޅުމުގައި އެމްޑީޕީއަށް ނިސްބަތްވާ 11 މެމްބަރުން ދައްކަވަނީ ވަރަށް ދެކޮޅު ނުޖެހޭ ވާހަކަ ތަކެއް ކަމަށް ވިދާޅުވެފަ އެވެ. މީގެ ކުރީން އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން އެތަށް ފަހަރަކު ގާނޫނު އަސާސީއަށް ބަދަލު ގެނައުން މައްސަލައަކަށް ނުވެފައި 20 ވަނަ މަޖިލީހުން ގާނޫނު އަސާސީއަށް ގެނައި ބަދަލުތަކަށް ފާޑުކިޔަންޖެހޭ ސަބަބެއް ނެތްކަމަށް މެމްބަރު ވިދާޅުވި އެވެ.
"ގާނޫނު އަސާސީއަށް އެންމެ މުހިންމު އިސްލާހެއްގެ ގޮތުގައި ހުށަހެޅިފައި މިއޮތީ ދެ އިންތިހާބު އެއްކޮށްލުން. އަޅުގަނޑަށް ފާހަގަކުރެވިފައި ވަނީ މި އިސްލާހުގެ ސަބަބުން މެމްބަރުންގެ ދައުރުގެ މުއްދަތު ކުރުވެ ހަ މަސްދުވަހުގެ މުސާރައިން އެބަ އުނިވޭ. އެމްޑީޕީ މެމްބަރުންގެ ވާހަކަތަކަށް ބަލާއިރު އެބޭފުޅުންގެ މައިގަނޑު ކަންބޮޑުވުމަކީ ދެ އިންތިހާބު އެއްކޮށްލުމެއް ނޫން. ހަ މަސް ދުވަހުގެ މުސާރަ އުނިވާނެތީ މައްސަލައަކަށް ވެގެން މިއުޅެނީ. " - ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހް
ފަލާހު ވިދާޅުވީ އެމްޑީޕީ މެމްބަރުންގެ ކިބައިން ފެނިގެންދަނީ ރައްޔިތުންގެ މަސްލަހަތަށްވުރެ އަމިއްލަ މަސްލަހަތު އިސްކުރާ މަންޒަރު ކަމަށެވެ.
"ދެ ލައްކަ އަށްޑިހަ ހާހެއްހާ ފައިސާކޮޅެއް ދޫކޮށްލަން ނުކެރިގެން އުޅޭތަން މި ފެންނަނީ." - ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހް
ފަލާހު ވިދާޅުވީ މި އިސްލާހަށް ރައްޔިތުންގެ ތާއީދު އޮތްކަން އެމްޑީޕީއަށް އެނގޭނެކަމަށެވެ.
އެމްޑީޕީން އުޅެނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވޭނެކަން ޔަގީންވާތީ ރައްޔިތުންނަށް އޮޅުވާލަން ކަމަށް ފަލާހު ވިދާޅުވި އެވެ.
ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށް ބާއްވަން ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ފާސްކޮށްފަ އެވެ.
ދެ އިންތިޚާބު އެއްކޮށްލަން ޤާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވަޑައިގެންނެވި މެންބަރުންގެ ތެރެއިން 72 މެންބަރުންގެ އިންތިފާޤުންނެވެ. އިޞްލާހު ގެންނަން ފެނިވަޑައިނުގަންނަވާ ކަމަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ. އެއީ އައްޑޫ މީދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުއްރަޙްމާން އެވެ.