ENGLISH
19 އޭޕްރީލު 2025
ބީއެމްއެލް އެކައުންޓެއް އޮވެއްޖެނަމަ، މަސްކިރާތަ 48 ގަޑިއިރުތެރޭގައި ފައިސާ ޖަމާވާނެ: ރައީސް
09 ޑިސެމްބަރު 2024
|
ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު. -- ފޮޓޯ: ރައީސް އޮފީސް
ބީއެމްއެލް އެކައުންޓް ހުރި ދޯނިތަކުން، މަސްކިރާތާ 48 ގަޑިއިރު ތެރޭގައި މާދަމާއިން ފެށިގެން، ފައިސާ ޖަމާވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، އަރި އަތޮޅާއި މާލެ އަތޮޅުގެ ބައެއް ރަށް ރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ގާފަރުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ، މަސްވެރިންނަށް ފައިސާ ނުދެވި ހުރުމުގެ މައްސަލަ އަށް ޙައްލު ގެނައުމުގެ ގޮތުން އަންގާރަ ދުވަހުން ފެށިގެން ބަދަލުތަކެއް އަންނާނެ ކަމަށެވެ. އެގޮތުން ބީއެމްއެލްގެ އެކައުންޓެއް އޮތްނަމަ ކޮންމެ މަސް ދޯންޏަކަށް އެ މަސް ދޯންޏަކުން މަސް ކިރާތާ ގިނަ ވެގެން 48 ގަޑިއިރުގެ ތެރޭގައި ފައިސާ ޖަމާ ކުރެވޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"މާދަމާއިން ފެށިގެން ބީއެމްއެލް ގައި އެކައުންޓެއް އޮވެއްޖެ ނަމަ ކޮންމެ މަސް ދޯންޏަކަށް އެ ދޯންޏަކުން މަސްކިރާތާ ސާޅީސްއަށް ގަޑިއިރުގެ ތެރޭގައި ފައިސާ ޖަމާކުރުމުގެ ކަންތައް އެ އޮތީ ހަމަޖައްސައިދީފަ" - ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
އަދި އެމްްއައިބީ އެކައުންޓު ހުރި ފަރާތްތަކަށް އިތުރު ގޮތް ތަކެއް ސަރުކާރުން ބަލަމުން ދާކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ރައީސް ވިދާޅުވީ، މަސްވެރިންނަށް ދޫނުކުރެވި މިހާތަނަށް ހުރި ހުރިހާ ފައިސާއެއް މިއަދު ދޫކުރެވުމާ އެކު ބެކްލޮގް އެއްކޮށް ނިމުނީ ކަމަށާއި، މިއަދުން ފެށިގެން ބެކްލޮގްގެ މައްސަލަ ހައްލު ކުރެވުނީ ކަމަށެވެ.
މަސް ކިރުވާތާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ޖަމާކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ރިޔާސީީ ވަޢުދުފުޅެކެވެ.