ENGLISH

19 އޭޕްރީލު 2025

Advertisement

ގާފަރުން ރައީސް އަށް ހޫނު މަރުޙަބާއެއް

09 ޑިސެމްބަރު 2024

|

އެމް އެމް

ގާފަރަށް ވަޑައިގެން ރައީސް އަށް އިސްތިޤްބާލަށް ނުކުމެ ތިބި މީހުންނާ ސަލާމް ކުރައްވަނީ. --ފޮޓޯ:ޕީއެސްއެމް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުޢިއްޒު މާލެ އަތޮޅު ގާފަރަށް މިއަދު ވަޑައިގަތުމުން އެރަށުން އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ.

ގާފަރުން ރައީސް އަށް މަރުޙަބާ ދަންނަވަން ނުކުމެވެތިބި މީހުންގެ ތެރޭގައި އެ ރަށުގެ ގިނަ ޢަދަދެއްގެ ޢާއްމުންނާއި މަޖިލީހުގެ ބައެއް މެންބަރުން ހިމެނެ އެވެ. މީގެ އިތުރުން ގާފަރު ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން ވެސް ރައީސް އަށް މަރުޙަބާ ދެންނެވުމަށް ބަނދަރު ސަރަޙައްދަށް ނުކުމެ ތިއްބެވެ.

ރައީސް ގާފަރަށް ވަޑައިގެންނެވީ އަރިއަތޮޅު އުތުރުބުރި އާއި މާލެ އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ. ގާފަރުގެ އިތުރުން ހުރަ އާއި ހިންމަފުއްޓަށް ވެސް ރައީސް މިއަދު ވަޑައިގަންނަވާނެ އެވެ.

ރައީސްގެ މި ދަތުރުފުޅުގައި އެމަނިކުފާނު އިއްޔެ ވަނީ އަރިއަތޮޅު އުތުރުބުރީ ތޮއްޑޫއަށާއި، ރަސްދޫގެ އިތުރުން މަތިވެރިއަށް ވެސް ވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު