ENGLISH
11 ފެބްރުއަރީ 2026
އައްސޭރި ޖަލުން 130 ޑެސްކް، ހިންމަފުށީ ސްކޫލަށް ހަދިޔާކޮށްފި
08 ފެބްރުއަރީ 2026
|
އައްސޭރި ޖަލުން ހަދިޔާކުރި ޑެސްކްތައް-- ފޮޓޯ: އެމްސީއެސް
އެންމެ މަޤްބޫލު
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުން، ދިރާސީ އައު އަހަރަށް އަމާޒުކޮށް، ހިންމަފުށީ ސްކޫލަށް 130 ޑެސްކް ހަދިޔާކޮށްފި އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ، މި ޑެސްކްތައް ޖަހައިފައިވަނީ އައްސޭރި ޖަލުގެ ޤައިދީންނާއި އޮފިސަރުން ކަމަށެވެ. މި މަސައްކަތަކީ އެ ސަރވިސް އިން އިޖުތިމާޢީ ގޮތުން އެހީތެރިވެދިނުމަށް ހިލޭ ކޮށްދީފައިވާ މަސައްކަތެއް ކަމަށާއި، އަދި މި މަސައްކަތަށް ބޭނުންވާ ތަކެތި ފޯރުކޮށްދީފައިވަނީ ހިންމަފުށީ ސްކޫލުން ކަމަށް އެ ސާވިސްއިން ވަނީ ބުނެފަ އެވެ.
ކަރެކްޝަންސް އިން އިތުރަށް ބުނީ، މިފަދަ މަސައްކަތްތަކުން ޤައިދީންގެ ދުޅަހެޔޮކަމަށް ހެޔޮ އަސަރުކޮށް، އެމީހުންނަށް ލިބިފައިވާ ހުނަރު އިތުރަށް ތަރައްޤީކުރުމަށް މަގުފަހިވެގެންދާ ކަމަށެވެ.
ޖަލުތަކުގައި ތިބޭ ގައިދީންނަށް ތަފާތު ހުނަރުތައް ދަސްކޮށްދީ، ލިބިފައިވާ ހުނަރުތައް ތަރައްޤީކުރުމަށްޓަކައި ކަރެކްޝަން އިން އަންނަނީ ކަމާގުޅުހުން ހުރި އެކި ދާއިރާތަކުގެ މީހުންނާ ގުޅިގެން ތަފާތު ގިނަ ޕްރޮގްރާމްތަކެއް ހިންގަމުންނެވެ. މި ޕްރޮގްރާމްތަކުގެ ސަބަބުން ގައިދީން އަލުން މުޖުތަމަޢަށް ނުކުންނައިރު، އެ މީހުންނަކީ އާމްދާނީ ހޯދުމަށްޓަކައި ކުރާނެ މަސައްކަތެއް ދަންނަ ފަރާތްތަކަކަށް ވެގެން ދެއެވެ. އަދި އެމީހުންގެ އަމިއްލަ ދިރިއުޅުމަށާއި މުޖުތަމައަށް ހެޔޮ ބަދަލްތަކެއް އާދެ އެވެ.