ENGLISH
08 ފެބްރުއަރީ 2026
އިހްސާންގެ ހޫނު ރައްދެއް ނިޒާރަށް: އަމިއްލަ ނަފްސާ ސުވާލުކުރައްވާ
08 ފެބްރުއަރީ 2026
|
މިނިސްޓަރު އިޙްސާން (ކ) އަލީ ނިޒާރު (ވ)
އެންމެ މަޤްބޫލު
މިދިޔަ ދުވަސްތަކުގައި އައްޑޫގައި ވީ ކޮން ކަމެއްތޯ އެ ސިޓީގެ މޭޔަރު އަލީ ނިޒާރު ސުވާލު ކުރެއްވުމުން އޭނާއަށް އައްޑޫ ސިޓީއަށް ނިސްބަތްވާ ހޯމް މިނިސްޓަރު އަލީ އިޙްސާން ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.
މި ސަރުކާރުން އައްޑޫއަށް ކޮށްދިން އެެއްވެސް ކަމެއް ނެތް ކަމަށް ވިދާޅުވެ ނިޒާރު ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވާ މިނިސްޓަރު އިޙްސާން ވަނީ އައްޑޫ މޭޔަރު ކަމުގައި އަލީ ނިޒާރު ހުންނަވާތާ ފަސް އަހަރުވާން ދަނީ ކަން ހަނދާންކޮށް ދެއްވާ އެ ސުވާލު އަމިއްލަ ނަފްސާ ކުރެއްވުމަށް އެދިވަޑައިގެންފަ އެވެ.
"އެމްޑީޕީ ވެރިކަމުގެ ތިން އަހަރާއި ޕީއެންސީގެ ވެރިކަމުގެ ދެ އަހަރުވެސް މޭޔަރުކަން ކުރައްވާފައި އަދިވެސް އައްޑޫއަށް ވީ ކޮށް ކަަމެއްތޯ އަހަނީ އަޅުގަނޑުގެ ކައިރިންތޯ," ނިޒާރަށް ރައްދު ދެއްވާ އިޙްސާން ސުވާލު ކުރައްވާފައިވެ އެވެ.
މިނިސްޓަރު ވިދާޅުވީ އައްޑޫގެ މޭޔަރުކަމުގައި ހުންނެވީ އެމަނިކުފާނު ނަމަ އެ ސުވާލަށް ޖަވާބު ދެއްވާނެ ކަމަށެވެ. މީގެ އިތުރުން މިނިސްޓަރު ވަނީ އައްޑޫ ސިޓީން ގޭންގު ކުށްތައް ނައްތާލުމަށް ސަރުކާރުން ފެށި ކާމިޔާބު މަސައްކަތަށް ނިޒާރު ފާޑުވިދާޅުވެ ހަޤީޤަތް އޮޅޭގޮތަށް ވާހަކަ ދައްކަވާފައިވާތީ އެކަމަށްވެސް ރައްދު ދެއްވާފަ އެވެ.
ވިދާޅުވީ ރާއްޖޭގެ އެއްވެސް ތަނެއްގައި ގޭންގު ހަދައިގެން ކުށްކުރުމަށް މި ސަރުކާރުން ފުރުސަތު ނުދޭނެ ކަމަށެވެ. އައްޑޫގެ ޒުވާނުން މިފަދަ ކަންކަމުން ދުރުވެ އައްޑޫގައި ކުށްކުރުން މަދުވެ އައްޑޫ ރައްޔިތުންނަށް އަމާން މާހައުލެއްގައި އުޅެވުމުން އެއީ ނިޒާރު ކަންބޮޑުވާ ކަމަކަށް ވަނީތޯ މިނިސްޓަރު ވަނީ ސުވާލު ކުރައްވާފަ އެވެ.
"އައްޑޫގެ ގޭންގުތައް ހުއްޓުވައި ގާނޫނީ ފިޔަވަޅު އަޅައި އެކަމުގެ އުޅުނު ކުދީންނަށް ރަނގަޅުވާނެ ފުރުސަތު ދީ އައްޑޫ ސޭފް - ރައްކާތެރި - ސިޓީއެއްގެ ގޮތުގައި މާކެޓް ކުރައްވަން ވީނުތޯ," ޙާލަތު އޮޅުވާނުލާ ހާލަތު ބަދަލުކުރުމަށް ޒިންމާ ނަންގަވަން އެދި މިނިސްޓަރު އިޙްސާން ނިޒާރަށް ވިދާޅުވި އެވެ.