ENGLISH

08 ފެބްރުއަރީ 2026

Advertisement

އިނގުރައިދޫ ސިއްހީ މަރުކަޒަށް އިތުރުކުރާ ބައިގެ ތަނބުތައް ޖެހުމުގެ މަސައްކަތް ފަށައިފި

08 ފެބްރުއަރީ 2026

|

އައިޝަތު ޝާލީން

ރ. އިނގުރައިދޫ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ކުރިއަށްދަނީ -- ފޮޓޯ: އެމްޓީސީސީ

ރ. އިންނަމާދޫ ހެލްތު ސެންޓަރު އަޕްގްރޭޑްކުރުމުގެ ޕްރޮޖެކްޓުގެ ދަށުން ސިއްހީ މަރުކަޒަށް އިތުރުކުރެވޭ ބައިގެ ތަނބުތައް ޖެހުމުގެ މަސައްކަތް ފަށައިފިއެވެ. 

އިންނަމާދޫ ހެލްތު ސެންޓަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. 

މި ޕްރޮޖެކްޓުގެ ފަހުގެ މައުލޫމާތު ހިއްސާކޮށް އެމްޓީސީސީއިން ބުނީ ބާރު ސްޕީޑެއްގައި މަސައްކަތް ކުރިއަށްދާކަމަށެވެ. މިގޮތުން މިހާރު ކުރިއަށްދަނީ ތަންބުތައް ޖެހުމުގެ މަސައްކަތް ކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ. 

މި މަސައްކަތުގެ ދަށުން ފަސް އެނދުގެ އެކްސްޓެންޝަން އިމާރާތެއް އިތުރުކުރުމަށް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 10.06 މިލިއަން ރުފިޔާއަށެވެ. 

ކިޔުންތެރިންގެ ހިޔާލު