ENGLISH
08 ފެބްރުއަރީ 2026
ރައީސް ޑރ. މުއިއްޒު ސިޔާސީ ރައްދެއް ނުދޭނެ، ބިނާ ކުރައްވާނީ ގައުމު: ސައީދު
08 ފެބްރުއަރީ 2026
|
ވަޒީރު ސައީދު. ފޮޓޯ؛ޕީއެންސީ
އެންމެ މަޤްބޫލު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަކީ ސިޔާސީ ރައްދު ދެއްވުމުގައި އެމަނިކުފާނު ވަގުތު ބޭކާރުކުރައްވާނޭ ވެރިއެއެް ނޫންކަމަށާއި، އޭގެ ބަދަލުގައި އެމަނިކުފާނު މަސައްކަތް ކުރައްވަނީ ގައުމު ބިނާކުރައްވަން ކަމަށް އިގްތިސާދި ތަރައްގީއާ ވިޔާފާރިއާ ބެހޭ ވަޒީރު އަހުމަދު ސައީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ކޮންގްރެސް ޕާޓީގެ އައްޑޫ ސިޓީ ކެމްޕެއިން އިފްތިތާހް ކުރަން ބޭއްވި ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރު ވިދާޅުވީ ވެރިކަންކުރާ ޕާޓީގެ ފަރާތުން ސިޔާސީ ކުލަ ނުފެންނަކަމަށް މިއަދު ގިނަ ރައްޔިތުން ބުނަމުން އަންނަކަމަށެވެ.
"އަޅުގަނޑު ދެންނެވިން އާދޭހޭ. މިއަދުގެ ރައީސް ސިޔާސީ ގޮތުން މީހުންނަށް ފާޑުވިދާޅުވެއެއް ނުއުޅުއްވައޭ. ގައުމު ބިނާކުރުމުގައޭ އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވަނީ. އިތުރުވާހަކައެއް ދައްކާކަށް ނެތިން. ހޯމް ލޭންޑް މިނިސްޓަރ އިހުސާނު އެ ގެންދަވަނީ ގައުމުގެ އިޖުތިމާއީ ފޭރާން ވަރުގަދަކުރައްވަމުން. އިގްތިސާދީ ގޮތުން އިރާދަކުރެއްވިޔާ ބުންވަރު ހުރި ދިވެހި ރާއްޖެއެއް އަޅުގަނޑުމެން ބިނާކުރާނީ." - އިގްތިސާދި ތަރައްގީއާ ވިޔާފާރިއާ ބެހޭ ވަޒީރު އަހުމަދު ސައީދު
ރައީސް ޑރ. މުހައްމަދު މުއިއްޒު ގައުމީ ނަވާއި ހަވާލުވިއިރު، ދިޔަ ނުވާ ވަތެއް ނެތް ކަމަށާއި، ހުރިހާ އުނގުރިއެއް ހުރީ ނެއްޓިފައި ކަމަށާއި، ދިޔަވަމުން ދިޔައީ ހުއްޓުމެއް ނެތި ކަމަށްވެސް ވިދާޅުވިއެވެ. އަދި ނައު އަޑިއަށް ގޮސް ދަރާ ވިކިފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"ހުރިހާ ހިންމިތައް ވަރުގަދަކޮށް އަނެއްކާ ގައުމީ އޮޑި، ގައުމީ ނައު އޭގެ ފުރިހަމަ ބާރާއެކު ބަނދެވި، ނައްޓާލައިގެން އިރާދަކުރެއްވިއްޔާ ދަރަނިވެރިވެސް ނުވެ ކުރިއަށް މި ދަނީ، ދާއިރުގައި، ރައީސް ޑރ. މުއިއްޒުގެ ފަހަތްޕުޅުގައި ތިބެންވީ ސަބަބަކީ އެމަނިކުފާނު މުޅި ރާއްޖެއަށް ހާއްސަކޮށް އައްޑޫއަށް ވީ ވައުދުތައް އެ އޮތީ ޗާޕްކޮށް، ކައުންސިލްތަކަށް ދީފައި، ރައްޔިތުންގެ އަތްޕުޅަށް އަަރުވާފައި، މި އޮތީއޭ މެނުއަލް." - އިގްތިސާދި ތަރައްގީއާ ވިޔާފާރިއާ ބެހޭ ވަޒީރު އަހުމަދު ސައީދު
މި ވެރިކަން ކުރާ ޕާޓީގެ ލީޑަރުގެ ފަހަތްޕުޅުގައި އެންމެން ސާބިތުކަމާއެކު ތިބެއްޖެނަމަ އައްޑޫގެ ތަރައްގީ އޮތީ ވަރަށް ކައިރީގައި ކަަމަށް ވަޒީރު ވިދާޅުވިއެވެ.