ENGLISH

08 ފެބްރުއަރީ 2026

Advertisement

ކެންޑިޑޭޓުން ތަރުތީބުކުރުމުގެ ގުރުނެގުން ބުރާސްފަތި ދުވަހު ބާއްވަނީ

08 ފެބްރުއަރީ 2026

|

އާމިނަތު ނުޒްލާ

ކައުންސިލް އިންތިޚާބަށް އޮފިޝަލުން ޓްރެއިނިންގ ކުރުމުގެ ސެޝަންގެ ތެރެއިން-- ފޮޓޯ: އިލެކްޝަންސް ކޮމިޝަން

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ މެދުގައި ގުރުއަތު ނެގުން މިހަފްތާގެ ބުރާސްފަތި ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ. 

އިލެކްޝަންސް ކޮމިޝަނުން ބުނީ، ގުރުއަތު ނެގުމަށްފަހު ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު އެއްވެސް ކެންޑިޑޭޓަކަށް ނުލިބޭނެ ކަމަށެވެ. 

އެ ކޮމިޝަނުން ބުނީ އިންތިޚާބުގެ ހުރިހާ ކަމެއްވެސް ކުރަމުން އަންނަނީ ވަކި އިންތިޒާމެއްގެ ތެރެއިން، ޓައިމްލައިންތަކަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ޓައިމްލައިންގައިވާ ގޮތުގެ މަތިން މިހާރު ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަންބަރު ތަރުތީބުކޮށް، ގުރުއަތު ނެގުމަށް ހަމަޖެހިފައިވަނީ މި ހަފްތާގެ ބުރާސްފަތި ދުވަހު ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

އިންތިޚާބުގައި ވާދަކުރާ ކޮންމެ ކެންޑިޑޭޓަކަށްވެސް ނަން އަބުރާ ނެގުމުގެ ފުރުސަތު ބުރާސްފަތި ދުވަހާ ހަމައަށް އޮންނާނެ ކަމަށް އިލެކްޝަނުން ވަނީ ބުނެފަ އެވެ.

އިންތިޚާބުގެ ކަންކަން ދެފުށް ފެންނަ ގޮތަކަށް ގެންދިއުމަށް، އިލެކްޝަނުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެހެން އިންތިޚާބުތަކެކޭ އެއްގޮތަށް، މި އިންތިޚާބާއި ގުޅޭ ޝަކުވާތައް ބަލައިގަތުމަށް ޤައުމީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯ ވަނީ ގާއިމްކޮށްފަ އެވެ. އިލްކްޝަނުން ބުނީ މިހާތަނަށް އެ ކޮމިޝަނަށް ހަތަރު ޝަކުވާއެއް ލިބިފައިވާ ކަމަށާއި، އެ ޝަކުވާގެ ޖަވާބުވެސް އެ ކޮމިޝަނުން ދީފައިވާކަމަށެވެ.

އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައި 2،994 ކެންޑިޑޭޓުން ވާދަކުރާކަމަށް އިލެކްޝަނުން ވަނީ ބުނެފައެވެ. އެގޮތުން މި އިންތިޚާބުގައި ހަ ސިޔާސީ ޕާޓީއަކުން ވާދަކުރާއިރު، 1210 ކެންޑިޑޭޓުން ވާދަކުރާނީ ސިޔާސީ ޕާޓީތަކުންނެވެ. އަމިއްލަ ގޮތުން ވާދަކުރަނީ 401 ކެންޑިޑޭޓުންނެވެ. 

މި އިންތިޚާބުގައި ރަށު ކައުންސިލްތަކަށް 626 އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިޚާބު ކުރާނެ އެވެ. އަދި ހަމަ މި އަދަދަށް އަންހެނުންގެ ކޮމެޓީތަކަށްވެސް މެމްބަރުން އިންތިޚާބު ކުރާނެ އެވެ.

އެންމެ ގިނަ ކެންޑިޑޭޑޭޓުން މި އިންތިޚާބުގައި ވާދަކުރާނީ ވެރިކަންކުރާ ކޮންގްރެސް ޕާޓީ އިންނެވެ. ކައުންސިލްތަކަށް ޖުމްލަ 678 ކެންޑޭޓުން އިންތިޚާބު ކުރާއިރު، އެ ޕާޓީން ކައުންސިލްތަކަށް 665 ކެންޑިޑޭޓުން ވާދަކުރެ އެވެ.

މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވަނީ 294,937 މީހުންނަށެވެ. އެއީ 144,527 އަންހެނުންނާއި 150,410 ފިރިހެނުންނެވެ. އެހެންނަމަވެސް ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓް އިލެކްޝަނުން އާއްމު ކުރާނީ ރީ-ރަޖިސްޓްރޭޝަނަށް ފަހު އެވެ.

ކެމްޕެއިންނަށް އިލެކްޝަނުން ރަސްމީކޮށް ހުޅުވާނުލި ނަމަވެސް ސިޔާސީ ޕާޓީތަކާއި، މިނިވަންކޮށް އިންތިޚާބުގައި ވާދަކުރާ ބޭފުޅުން މިހާރުވެސް އަންނަނީ ވަރަށް ފޯރީގައި ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ.

އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ގުރުއަތުލުން ބުރާސްފަތި ދުވަހު ބާއްވާއިރު ބައެއް ކައުންސިލްތަކާއި ޑަބްލިއުޑީސީތަކަށް އިންތިޚާބަކާއި ނުލައި ބައެއް ބޭފުޅުން ވަނީ އިންތިޚާބުވެފައެވެ. 

ކިޔުންތެރިންގެ ހިޔާލު