ENGLISH

08 ފެބްރުއަރީ 2026

Advertisement

ބޭބީބިއޯގެ 2 އުފެއްދުމެއް ރާއްޖޭގައި ވިއްކުމާއި އެތެރެކުރުން މަނާކޮށްފި

08 ފެބްރުއަރީ 2026

|

ފާތުމަތު އަދާ

ބޭބީބިއޯގެ 2 އުފެއްދުމެއް ރާއްޖޭގައި ވިއްކުމާއި އެތެރެކުރުން މަނާކޮށްފިއެވެ. 

މި ދެ ބާވަތް މަނާކުރިކަން ހާމަކުރީ، މިއަދު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ނެރުނު ބަޔާނެއްގައެވެ. 

އެމްއެފްޑީއޭއިން މަނާކުރީ، ބޭބީބިއޯގެ އޮޕްޓިމާ އަދި ބޭބީބިއޯގެ ކެޕްރިއާ އެވެ. 

ބޭބީބިއޯގެ 2 އުފެއްދުން މަނާކޮށްފައިވަނީ މި ފޯމިއުލާގެ "ސެރެއުލައިޑް" ކިޔާ ވިހަ މާއްދާއެއް ފެނިފައިވާތީއެވެ. ފަރަންސޭސީވިލާތުގެ މި މާއްދާ ބާޒާރުން ނެގުމަށް އަދި ނުވިއްކުމަށް އިލްތިމާސްކޮށްފައިވާ ކަމުގެ މައުލޫމާތު ރެޕިޑް އެލާޓް ސިސްޓާމް ފޯރ ފުޑް އެންޑް ފީޑްގައި އާއްމުކޮށްފައިވާކަމަށް އެމްއެފްޑީއޭގެ ބަޔާނުގައި ބުނެފައިވެއެވެ. 

"ސެރެއުލައިޑް" އަކީ ބެސިލަސް ސިރިއަސް ޖަރާސީމުން އުފައްދާ ވިހަ މާއްދާއެކެވެ. މޭނުބައިކޮށް، ހޮޑުލުން އަދި ބަނޑުގައި ރިއްސުން ފަދަ އަލާމާތް މި މާއްދާއިން އުފައްދާފައިވާ އެއްޗެއް ބޭނުނުން ކުރެވިއްޖެނަމަ ފެނުމަކީ އެކަށީގެންވާ ކަމަކެވެ.

މި ވިހަ މާއްދާ ފެނިފައިވަނީ ބޭބީބިއޯގެ ކެޕްރިއާ 1 ގެ 800 ގްރާމްގެ 900035 ބެޗާއި 899014 ބެޗުންނެވެ. އަދި ބޭބީބިއޯގެ އޮޕްޓިމާ 1 ގެ 400 ގުރާމްގެ 900932 ބެޗާއި 800 ގްރާމްގެ 899014 ގެ ބެޗުންވެސް ވަނީ ވިހަ މާއްދާ ފެނިފައެވެ.

ބޭބީބިއޯގެ ދެ އުފެއްދުމެއް ރާއްޖޭގައި މަނާކުރިއިރު، އެމްއެފްޑީއޭއިން އަންނަނީ މިގޮތަށް ފާހަގަވާ ބާވަތްތައް ރާއްޖޭގައި ވިއްކުން މަނާކުރަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު