ENGLISH
10 ފެބްރުއަރީ 2026
އެމްއެންޑީއެފް އިން ކުރިއަށް ގެންދިޔަ އަލިފާނުން ރައްކާތެރިވުމުގެ ޕްރޮގްރާމްތައް ނިންމާލައިފި
08 ފެބްރުއަރީ 2026
|
އެމްއެންޑީއެފް އިން ކުރިއަށްގެންދިޔަ އަލިފާނުން ރައްކާތެރިވުމުގެ ހަފްތާގެ ތެރެއިން-- ފޮޓޯ: އެމްއެންޑީއެފް
އެންމެ މަޤްބޫލު
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ، ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން ކުރިއަށް ގެންދިޔަ އަލިފާނުން ރައްކާތެރިވުމުގެ ހަފްތާގެ ޕްރޮގްރާމްތައް ނިންމާލައިފި އެވެ.
މި ހަރަކާތަކީ، ކޮންމެ އަހަރެއްގެ ރަމަޟާންމަހާ ދިމާކޮށް، 2012 ވަނަ އަހަރުން ފެށިގެން އެމްއެންޑީއެފްއިން ކުރިއަށް ގެންދަމުން އަންނަ ހަރަކާތެކެވެ. މި ހަރަކާތުގައި ކައްކާ ގޭހާ ބެހޭގޮތުން ހޭލުންތެރިކުރުވުމާއި، ކަރަންޓްގެ ހާދިސާތަކުން ދިމާވެދާނެ އަލިފާނުގެ ހާދިސާއަށް ހޭލުންތެރިކުރުވުމާއި، އަދި އަލިފާން ނިވި ބޭނުންކުރާނެ ގޮތްތަކާ ބެހޭ މަޢުލޫމާތު ދިނުމާއި، އަލިފާނުގެ ހާދިސާއެއް ދިމާވެއްޖެނަމަ އަމަލުކުރާނޭ ގޮތްތަކާބެހޭ ތަފާތު މަޢުލޫމާތުތައް ވަނީ ހިއްސާކޮށްފަ އެވެ.
އެމްއެންޑީއެފް އިން ބުނީ މި ހަރަކާތް، ޖެނުއަރީ 31 އިން ފެބްރުވަރީ 7 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ އޭރިއާއެއްގައި ކުރިއަށް ގެންގޮސް ނިންމާލާފައިވާ ކަމަށެވެ. އެގޮތުން ގްރޭޓަރ މާލެ ސަރަޙައްދުގައި މި ހަރާކާތް ކުރިއަށް ގެންގޮސްފައިވާ ތަންތަނުގެ ތެރޭގައި އަމީނިއްޔާ ސްކޫލު، މުޙްޔިއްދީން ސްކޫލް، ޞަލާޙުއްދީން ސްކޫލް، ރަސްފަންނު، ހުޅުމާލެ ރުއްގަނޑު އެކެއް، ހިޔާ ފުލެޓް ސަރަޙައްދު އަދި ރެހެންދި ސްކޫލް ހިމެނެ އެވެ.
ސްކޫލްތަކުގެ ކުދިންނަށާއި، ބެލެނިވެރިންނަށް އަމާޒުކޮށްގެން ހިންގުނު މިހަރަކާތުގައި ގިނަ އަދަދެއްގެ ފަރާތްތަކެއް ބައިވެރިވެފައިވާ ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފަ އެވެ. މި ހަރަކާތުގެ އެންމެ ފަހުގެ ސެޝަން ރޭ ހުޅުމާލެ ރެހެންދި ސްކޫލްގައި ވަނީ ބާއްވާފަ އެވެ. އަލިފާނުން ރައްކާތެރިވުމުގެ ހަފްތާގެ ހަރަކާތްތައް ނިމުނުކަމުގައިވީ ނަމަވެސް، އަލިފާނުން ރައްކާތެރިވުމުގެ އެކި ކަހަލަ ޕްރޮގްރާމްތައް ކުރިއަށް ރޭވިފައިވާ ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފަ އެވެ.
އެމްއެންޑީއެފް އިން ކުރިއަށްގެންދިޔަ އަލިފާނުން ރައްކާތެރިވުމުގެ ހަފްތާގެ ތެރެއިން-- ފޮޓޯ: އެމްއެންޑީއެފް
އެމްއެންޑީއެފް އިން ބުނީ، މި ހަރަކާތުގައި މަޢުލޫމާތު ހިއްސާކޮށްދެއްވާފައިވަނީ އެ އޭރިއާ ކޮމާންޑަށް ނިސްބަތްވާ ފަޔަރ ޑިޕާޓްމަންޓްގެ ފަޔަރ ފައިޓަރުން ކަމަށެވެ.
މި ހަރަކާތް ކުރިއަށްދިޔަ ވަގުތުތަކުގައި ވަޑައިގަންނެވި ބޭފުޅުން މެދުގައި ގުރުއަތުން ހޮވޭ ފަރާތްތަކަށް ޚާއްސަ އިނާމުތަކެއް ދީފައިވާކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފަ އެވެ.