ENGLISH

10 ފެބްރުއަރީ 2026

Advertisement

ދިއްދޫ ބިން ހިއްކުމުގެ 70 އިންސައްތަ ނިމިއްޖެ

08 ފެބްރުއަރީ 2026

|

ސުވެއިދާ ހުސެއިން

ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާއި އެއްގޮތަށް ހއ. ދިއްދޫ ބިން ހިއްކުމުގެ މަޝްރޫޢު ބާރު ސްޕީޑުގައި ކުރިއަށް ދާއިރު، މަސް ދުވަހުގެ ތެރޭގައި 78 ހެކްޓަރު ބިން ހިއްކާފައިވާކަމަށް އެމްއޭސީއެލުން ބުނެފިއެވެ.

އެމްއޭސިއެލުން ބުނީ މިހާތަނަށް 78 ހެކްޓަރުގެ ބިން ހިއްކައި ނިންމާފައިވާއިރު، މުޅި މަޝްރޫޢުގެ 70 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. 

މި މަޝްރޫޢުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް ކުރަމުންދަނީ 46،000 ކިއުބިކް މީޓަރުގެ ކެޕޭސިޓީ ހުންނަ "ލޭވް އެރިކްސަން" ކަނޑުއަޑިން ވެލިބޭރުކުރާ ޑްރެޖަރު ބޭނުންކޮށްގެންނެވެ.

އެމް.އޭ.ސީ.އެލް އިން ދިއްދޫ ބިން ހިއްކުމުގެ މި މަސައްކަތް ޢަމަލީގޮތުން ފަށާފައިވަނީ 5 ޖެނުއަރީ 2026 ގައެވެ.

ދިއްދޫގައި އެއާޕޯޓެއް ގާއިމުކޮށްދެއްވުމަކީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެ ރަށުގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅެކެވެ. އެ ރަށުގައި ބިން ހިއްކަނީ އެ އެއާޕޯޓު ތަރައްގީކުރުމަށާއި، އެ ރަށުގެ ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށެވެ.

ސަރުކާރުން ބުނެފައިވަނީ ދިއްދޫ އެއާޕޯޓަކީ ހއ. އަތޮޅަށް ބޮޑު އިންގިލާބީ ބަދަލެއް ގެނެސް ދަތުރުފަތުރުގެ ލުއިފަސޭހަކަން ހޯދައިދީ މުޅި ސަރަހައްދުގެ އިގުތިސާދަށް ދިރުން ގެނުވާނެ މަޝްރޫއެއް ކަމަށެވެ. ހއ. ގައި ދިއްދޫ އޮންނަ ފަޅީގައި ވަށަފަރާއި ފިއްލަދޫއާއި ކެލާ، މުރައިދޫ އަދި ބާރަށް އަދި އުތީމު އޮންނާތީ މި އެއާޕޯޓުގެ މަންފާ އެ ރަށްތަކުގެ ރައްޔިތުންނަަށް ލިބޭނެއެވެ. 

ކިޔުންތެރިންގެ ހިޔާލު