ENGLISH

10 ފެބްރުއަރީ 2026

Advertisement

ބުރާސްފަތި ދުވަހު ކިރުވި މަހަށް 1.4 މިލިއަން ރުފިޔާ ދޫކޮށްފި

07 ފެބްރުއަރީ 2026

|

ސުވެއިދާ ހުސެއިން

މިދިޔަ ބުރާސްފަތި ދުވަހު މަސްކިރުވީ 26 ދޯންޏަކުން ކަމަށާއި، އެ ދޯނިތަކުން ކިރުވި މަހަށް ޖުމްލަ 1.4 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަމަށް، މިފްކޯއިން ބުނެފިއެވެ.

އެކުންފުނިން ހިއްސާކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ފެބްރުވަރީ 5 ވީ ބުރާސްފަތި ދުވަހު 20 ދޯންޏަކުން ކަޅުބިލަ މަސް ވަނީ ކިރުވާފައެވެ. އެ ދޯނިތަކަށް ޖުމްލަ 1،318،324 ރުފިޔާ ވަނީ ދޫކޮށްފައެވެ.

މިފްކޯއަށް އެދުވަހު 10 ކިލޯއަށް ވުރެ މަތީގެ ކަންނެލި 12 ދޯންޏަކުން ކިރުވާފައިވާއިރު، އެއަށްވާ 57،256 ރުފިޔާ ވަނީ ދޫކޮށްފައެވެ. އަދި 15 ކިލޯއަށް ވުރެ މަތީގެ ކަންނެލި 11 ދޯންޏަކުން ކިރުވިއިރު، އެ މަހަށް ވާ،93،430 ރުފިޔާ ވަނީ މަސްވެރިންނަށް ދޫކޮށްފައެވެ. އެހެންކަމުން މުޅި ޖުމްލަ އެދުވަހު ކިރުވި މަހަށް، 1،469،010.00 ރުފިޔާ މަސްވެރިންނަށް ވަނީ ދޫކޮށްފައެވެ.

ރާއްޖޭގެ އިޤްތިޞާދުގެ މައި ބަދަޔަކީ މަސްވެރިކަމަށް ވާއިރު، އެ ސިނާއަތް މީގެ ކުރިން އޮތީ އެކަށީގެންވާ މިންވަރަށް އަޅާ ނުލެވި ދޫކޮށްލެވިފައެވެ. އެހެންކަމުން މަސްވެރިންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް އިންތިހާއަށް ބޮޑުވެފައިވަނިކޮށް، މިސަރުކާރުން ވަނީ މަސްވެރިންނަށް ދާއިމީ ހައްލުތަކެއް ހޯދައިދެއްވާފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ވައުދުވެވަޑައިގެންނެވި ގޮތަށް މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރަން ވަނީ ފަށާފައެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުން މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް، އައިސް ޕްލާންޓަތައް އަންނަނީ ގާއިމް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު