ENGLISH

07 ފެބްރުއަރީ 2026

Advertisement

ހިތަދޫ ވިޔަފާރި ބަނދަރުގައި ބޮންޑެޑް ޒޯނެއް ގާއިމުކުރުމުގެ މަސައްކަތް ފަށައިފި

07 ފެބްރުއަރީ 2026

|

ޢަލީ ޝަހީމް

ހިތަދޫ ވިޔަފާރި ބަނދަރުގައި އަސާސީ ކާބޯތަކެތި ޑިއުޓީ ފްރީކޮށް ބެހެއްޓޭނެ ބޮންޑެޑް ޒޯނެއް ގާއިމުކުރުމުގެ މަސައްކަތް ފެށުމުގެ އެއްބަސްވުމުގައި ސޮއިކުރުން. ފޮޓޯ: ޕީއެސްއެމް

ހިތަދޫ ވިޔަފާރި ބަނދަރުގައި އަސާސީ ކާބޯތަކެތި ޑިއުޓީ ފްރީކޮށް ބެހެއްޓޭނެ ބޮންޑެޑް ޒޯނެއް ގާއިމުކުރުމުގެ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ. 

މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ، މި ޚިދުމަތްތައް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދެވެ.

މިއަދުގެ ރަސްމިއްޔާތުގައި 3 ޚިދުމަތެއްގެ އެއްބަސްވުމުގައި ސޮއިކުރުން އޮތެވެ. އެއީ ކާބޯތަކެއްޗާއި އަސާސީ މުދާ ޑިއުޓީ ފްރީކޮށް ބެހެއްޓޭނެ ޒޯންގެ ޚިދުމަތާއި، ބޮންޑެޑް ވެއަރހައުސްގެ ޚިދުމަތުގެ އިތުރުން، ބަލްކް ކާގޯ ފެސިލިޓީގެ ޚިދުމަތް ގާއިމުކުރުމުގެ ޚިދުމަތެވެ. 

މި އެއްބަސްވުމުގައި އިޤްތިޞާދީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު މުޙައްމަދު ސަޢީދެވެ. އަދި ހިތަދޫ ރީޖަނަލް ޕޯޓްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޑިސީޕީ ރިޓަޔަރޑް މުޙައްމަދު ރިޝްވާނެވެ.

އެމްޕީއެލްއިން ބުނީ މި ޚިދުމަތްތައް ފެށުމުން، ދެކުނުގެ އަތޮޅުތަކުގައި ވިޔަފާރިކުރާ ފަރާތްތަކަށް ބާޒާރާ ގާތުން މުދާ އެތެރެކުރުމުގެ ފުރުސަތު ފަހިވެ، މުދާ ކްލިއާ ކުރުމަށް ހިނގާ ޚަރަދު ވެސް ކުޑަވެގެންދާނެ އެވެ. 

މިއަދު ހިތަދޫގައި އިފްތިތާޙުކުރި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ ބަޔާނުގައި އިއުލާނުކުރެއްވި މަޝްރޫޢެކެވެ. 

ކިޔުންތެރިންގެ ހިޔާލު