ENGLISH

07 ފެބްރުއަރީ 2026

Advertisement

އައްޑޫ އައިނު ފިހާރަ ހުޅުވައިފި، ކުޅުދުއްފުށީ އައިނު ފިހާރަ މި މަހު ހުޅުވަނީ

07 ފެބްރުއަރީ 2026

|

އައިމިނަތު ޝަފާ

ހިތަދޫގައި ހުޅުވި އައިނު ފިހާރަ. ފޮޓޯ: ޕީއެންސީ

ސަރުކާރުން އަތޮޅުތެރޭގައި ގާއިމުކުރި ފުރަތަމަ އައިނު ފިހާރަ އައްޑޫ ސިޓީ، ހިތަދޫގައި މިއަދު ހުޅުވައިފިއެވެ.

ރައްޔިތުން އައިނު ހައްދަން ކުރާ ބޮޑު ހަރަދުތަކަށް ލުޔެއް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމާ އެއްގޮތަށް ސިއްހީ ހިދުމަތުގެ ތެރެއިން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން، އައިނު ހެއްދޭނެ އިންތިޒާމު މިހާރުވަނީ ހަމަޖައްސަވާފައެވެ. 

އެގޮތުން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ގާއިމުކުރި މި އައިނު ފިހާރައަކީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖިީއެޗް) އިން ހުޅުވި ތިންވަނަ އައިނު ފިހާރައެވެ. އެމްސީޖީއެޗުން މިހާރު ވެސް އަންނަނީ އައިޖީއެމްއެޗާއި ހުޅުމާލޭ ހޮސްޕިޓަލުގައި އައިނު ފިހާރަ ހުޅުވާއި ހިދުމަތްދެމުންނެވެ.

އޭއީއެޗްގައި ސަރުކާރުގެ އައި ފިހާރަ ހުޅުވީ ހޮސްޕިޓަލަށް ވަންނަ މައި ދޮރާވީ ފަޅިން ހޮސްޕިޓަލުގެ ބޭރުން ވަދެވޭ ގޮތަށެވެ.

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް "އެމްއެމްޓީވީ"އަށް ވިދާޅުވީ އަތޮޅު ތެރޭގައި ގާއިމުކުރާ ދެ ވަނަ އައިނު ފިހާރަ ހުޅުވުމަށް ހަމަޖެހިފައިވަނީ ހދ.ކުޅުދިއްފުށީގައި ކަމަށެވެ. އެގޮތުން މި މަހުގެ ތެރޭގައި ކުޅުދުއްފުށީގައި ގާއިމުކުރާ އައިނު ފިހާރަ ހުޅުވައި ހިދުމަތް ފެށިގެންދާނޭކަމަށް ވިދާޅުވިއެވެ.

ރާއްޖޭގައި އައިނު ހެއްދުމަށް ބޮޑު ޚަރަދު ކުރަންޖެހުމަކީ އާއްމުންގެ ކަންބޮޑުވުމެކެވެ. އަދި، މީގެކުރިން އައިނު ހެއްދުމަށް އާސަންދައިގެ ދަށުން ދެމުންގެންދިޔައީ 1000 ރުފިޔާއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެ އަދަދު މިދިޔަ އަހަރުގެ ޖޫން މަހުގެ އެއް ވަނަ ދުވަހުން ފެށިގެން 2000 ރުފިޔާއަށް ބޮޑުކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު