ENGLISH
07 ފެބްރުއަރީ 2026
ބަލިބަލިން ރައްކާތެރިވުމުގެ ސިޔާސަތު ތަންފީޒުކުރުމަށް ޖިސްމާނީ ގޮތުން ހަށިހެޔޮ ރައްޔިތަކަށްވުމަށް އިސްކަންދޭން ޖެހޭ: ރައީސް
07 ފެބްރުއަރީ 2026
|
މިއަހަރުގެ ރިޔާސީ ބަޔާން އިއްވެވުން. --ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
ބަލިބަލިން ރައްކާތެރިވުމުގެ ސިޔާސަތު ތަންފީޒުކުރުމުގައި ދިރިއުޅުމުގެ ވައްޓަފާޅިއާއި ގުޅިފައިވާ ބަލިތަކުން ރައްކާތެރިވެ ޖިސްމާނީ ގޮތުން ހަށިހެޔޮ ރައްޔިތަކަށްވުމަށް އިސްކަންދޭން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، 20 ވަނަ ރައްޔިތުންގެ މަޖިލީސް، މި ހިނގާ 2026 ވަނަ އަހަރަށް ހުޅުވުމަށް ބުރާސްފަތި ދުވަހު ހެނދުނު ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
"ބަލިބަލިން ރައްކާތެރިވުމުގެ ސިޔާސަތު ތަންފީޒު ކުރުމުގައި އެންމެ އިސްކަމެއް ދޭންޖެހޭނީ ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅިފައިވާ ބަލިތަކުން ނުވަތަ ލައިފްސްޓައިލް ޑިސީސަސް ތަކުން ރައްކާތެރިވެ ޖިސްމާނީގޮތުން ހަށިހެޔޮ ރައްޔިތަކަށްވުމަށް. " - ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
މިކަން ހާސިލްކުރުމަށްޓަކައި، ކުޅިވަރާއި ހަށިހެޔޮކަމުގެ ދާއިރާ ތަރައްގީކުރުމަކީ ނުހަނު މުހިއްމު ކަމެއްގެ ގޮތުގައި މި ސަރުކާރުން ދެކޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އެގޮތުން، ކުޅިވަރާއި ހަށިހެޔޮކަމުގެ ދާއިރާ ތަރައްގީކުރުމުގެ ގޮތުން ކުރެވުނު މަސައްކަތްތަކުގެ އަދާހަމަ ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ، މިދިޔަ އަހަރުގެ ތެރޭގައި މި ސަރުކާރުން އަމަލީގޮތުން ފެށި ޖުމްލަ 33 މަޝްރޫއެއް ނިންމާފައިވާ ކަމަށާއި، މި ސަރުކާރު ހަވާލުވިއިރު އެ ދާއިރާގެ ނުނިމިހުރި 59 މަޝްރޫއެއް ހިމެނޭގޮތަށް މުޅިއެކު 92 މަޝްރޫއެއް ފުރިހަމަކޮށް، ހަވާލުކޮށްފައިވާ ކަމަށެވެ.
މީގެއިތުރުން، މި ސަރުކާރުން ފެށި ކުޅިވަރާއި ހަށިހެޔޮކަމުގެ 879 މަޝްރޫއެއްގެ މަސައްކަތް އެކި މަރުހަލާގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާ ކަމަށާއި، މި ހުރިހާ މަޝްރޫއެއް ވެސް ކުރިއަށް އޮތް 12 މަސްދުވަހުގެ ތެރޭގައި ނިންމާ ހަވާލުކުރައްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. މި މަޝްރޫއުތަކުގެ ތެރޭގައި ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން މަރުކަޒުތައް ގާއިމުކޮށް، އިންޑޯ ކުޅިވަރުތައް ކުޅޭނެ ސްޕޯޓްސް ކޮމްޕްލެކްސް ހުޅުވުން ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ.