ENGLISH

08 ފެބްރުއަރީ 2026

Advertisement

މަގު ހަދައި ހުޅުވުމުން ރޯދަ މަހު ބާޒާރުމަތީގެ ޓްރެފިކަށް ލުއި ލިބޭނެ: ފުލުހުން

07 ފެބްރުއަރީ 2026

|

ފާތުމަތު އަދާ

ބޮޑުތަކުރުފާނު މަގު ހެދުމުގެ މަސައްކަތް ކުރަނީ. އެ މަގު ހަދައި ހުޅުވުމުން ޓްރެފިކަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް ފުލުހުން ވަނީ ވިދާޅުވެފަ. ފޮޓޯ: އެމްޓީސީސީ

ބާޒާރުމަތި ސަރަހައްދަކީ ރަމަޟާން މަހު އެންމެ މާލޭގައި ބާރުބޮޑު އެއް ސަރަހައްދެވެ. ރަމަޟާން މަހު ގިނަ މީހުން މާރުކޭޓަށާއި މުދާ އަރުވާ ބޭލުމަށް އަދި ބާޒާރުކުރުމުގެ ގޮތުން ހަރަކާތްތެރިވަމުންދެއެވެ.

މި ސަބަބުތަކާ ހުރެ ކޮންމެ ރަމަޟާން މަހެއްގައި ޓްރެފިކް ފްލޯއަށް ބަދަލު ބަދަލުގެނެއެވެ. މިފަހަރު ޓްރެފިކަށް ބަދަލު ގެންނައިރު ލިބޭނެ އެންމެ ބޮޑު ފަސޭހައަކީ ބޮޑުތަކުރުފާނު މަގު ތަރައްގީކޮށް ހުޅުވުމުން ލިބޭނެ ފަސޭހައެވެ. ދިވެހި ފުުލުހުންގެ ޚިދުމަތުން ވެސް ވަނީ އެކަން ފާހަގަކޮށްފައެވެ. 

ފުލުހުން ރަމަޟާން މަހަށް ތައްޔާރުވުމަށްޓަކައި މިއަހަރުވެސް ބާޒާރު ސަރަހައްދުގައި ޓްރެފިކް މޮނީޓާކުރުމަށް ވަނީ ހަމަޖެހިފައެވެ.

ބޮޑުތަކުރުފާނު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަކީ މި ސަރަހައްދު ބެލެހެއްޓުމަށް ފުލުހުނަށް ބޮޑުތަނުން ފަސޭހަވެގެންދާނޭ ކަމަށް ހެޑް އޮފް ޓްރެފިކް ޕޮލިސް، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހީމް ޢިމްރާން ޕީއެސްއެމްއަށް ދެއްވި މައުލޫމާތުގައި ވަނީ ވިދާޅުވެފައެވެ. 

ދިވެހި ފުލުހުންގެ ޙިދުމަތުން ކޮންމެ އަހަރަކުވެސް ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން މާލެގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ހާއްސަ އޮޕަރޭޝަނެއް ކުރިއަށްގެންދެއެއެވެ. ރަމަޟާން މަހަކީ އެހެން މަސްމަހަށް ވުރެ ގިނައިން މާރުކޭޓު މަގުގައި ހަލަބޮލިވުން އިތުރުވާތީ ފުލުހުންގެ އޮޕަރޭޝަންތަކުގެ ތެރެއިން މިކަމަށް ހާއްސަ ސަމާލުކަމެއް އަބަދުވެސް ދެއެވެ. 

ބޭރުމަގު ހަތަރު ލޭނަށް ތަރައްޤީކުރަމުންދާތީ މަގުގެ ދެ ފަރާތުގައި އުޅަނދުތަކުން މުދާ ބޭލުމުގެ މަސައްކަތް ކުރިއަށްދިޔަ ނަމަވެސް ދަތުރުފަތުރުކުރާ އުޅަނދުތަކަށް ދަތިނުވާނޭ އިންތިޒާމެއް ހަމަޖެހިގެންދާނޭ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. ފުލުހުން އިތުރަށް ވިދާޅުވީ، ބޮޑުތަކުރުފާނު މަގުގެ މަސައްކަތް ނިމުމުން ހަވީރީ ހިނގުމުގެ ޓްރެފިކް ބޭރުމަގަށް ބަދަލުވެ މަސްމާރުކޭޓު ސަރަޙައްދުގެ ތޮއްޖެހުން ކުޑަވެގެންދާނެއެވެ.

ބޮޑުތަކުރުފާނު މަގު ހެދުމުގެ 2 ވަނަ ފިޔަވަހީގެ ދަށުން ލޯކަލް މާރުކޭޓުން ފެށިގެން ނޯތު ހާބަރާ ހަމައަށް އޮތް 250 މީޓަރުގެ ސަރަހައްދު ތަރައްޤީކުރުމުގެ މަސައްކަތް މިހާރު ދަނީ ބާރުސްޕީޑުގައި ކުރަމުންނެވެ. އެގޮތުން މިހާރު ތައްޔާރުވެފައިވަނީ އެ ސަރަޙައްދުގައި ތާރު އެޅުމަށެވެ. 

ކިޔުންތެރިންގެ ހިޔާލު