ENGLISH
19 އޭޕްރީލު 2025
އެންމެ ފުރަތަމަ އިސްކަންދެނީ ރައްޔިތުންނަށް އެންމެ މުހިންމު ކަންތައް ފުރިހަމަކޮށްދިނުމަށް: ރައީސް މުޢިއްޒު
08 ޑިސެމްބަރު 2024
|
އއ. މަތިވެރީގައި މިރޭ ބޭއްވި ޖަލްސާގައި ރަޢީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވާހަކަފުޅުދައްކަވަނީ / ފޮޓޯ: ރައީސް އޮފީސް
އެންމެ މުހިންމު އިސްކަމެއްދެނީ ރައްޔިތުންނަށް މުހިންމު ކަންތައްތައް ފުރަތަމަ ކޮށްދެއްވުމަށް ކަމަށް ރަޢީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
އއ. މަތިވެރީގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ހުރިހާ ރަށެއްގެ ކައުންސިލްތަކާއި ބައްދަލުކުރެއްވުމަކީ އަމާޒެއް ކަމަށެވެ. އަދި ވަގުތު ލިބޭ މިންވަރަކުން ހުރިހާ ރަށެއްގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލު ކުރައްވާނެކަމުގެ ޔަޤީންކަން ރަޢީސް ދެއްވިއެވެ.
ނަމަވެސް ރައްޔިތުން ބޭނުންވާ ކަންކަން ފުއްދަވައިދެއްވުމަށް ދަތިތަކާއި ކުރިމަތިލާން ޖެހެނީ، މިކަންކަން ތަންފީޒުކުރަން ބޭނުންވާ ބަޖެޓު މިދިޔަ ސަރުކާރުން ނިންމައިދީފައި ނުވާތީކަމަށެވެ.
"މިދިޔަ ސަރުކާރުގެ ފިނޭންސް މިނިސްޓަރ މަޖިލީހަށް ވަޑައިގެން ހުށަހެޅުއްވި ބަޖެޓެއް އޭރުގެ މަޖިލީހުގަ އޮތީވެސް. އޭރުގެ ސަރުކާރުގެ ފުލް ކޮންޓްރޯލް ހަމަ އެއްކޮށްހެން އޮތް މަޖިލީހެއް، އަޅުގަނޑުމެން ބޭނުންވި އެއްވެސް ކަމަކަށް ފުރުސަތު ނުލިބޭގޮތަށް، މި ރަށާއި ދެންވެސް ހުރި އެއްވެސް ރަށެއްގަ މަޝްރޫތައް ހިންގޭގޮތަށް، މަޝްރޫތައް ހިންގޭނެ ޖާގަ ނުލިބޭގޮތަށް ބަޖެޓު ފާސްކޮށް ނިންމާފަ އޮތީ" ރައީސް ވިދާޅުވިއެވެ.
ޕީއެންސީގެ ސުޕަރ މެޖޯރިޓީއެއް އޮތުމަކީ އެމަނިކުފާނު ކުރަން ބޭނުންފުޅުވެލައްވާ ކަންކަމާއި ނިންމަން ބޭނުންފުޅުވާ މަޝްރޫތައް ނިންމުމަށް ފަސޭހަވެގެންދާނެ ކަމެއް ކަމަށް ވެސް ރައީސް ފާހަގަކުރެއްވި އެވެ. މި އަންނަ އަހަރަށް ފަށާ ބަޖެޓަކީ އާ ބަޖެޓެއް ކަމާއި އެ ބަޖެޓުން މަޝްރޫތައް ހިންގުމަށް ޖާގަ ލިބޭނެކަމަށް ވެސް ފާހަގަކުރެއްވި އެވެ.
"މި އަންނަ އަހަރާއި ދެން އަންނަ އަހަރަށް ބަހާލައިގެން އަޅުގަނޑު ރަށްރަށަށް އައިސް ޕޯޑިއަމްތަކުގަ އަދި މެނިފެސްޓޯގަ ހިމަނައިގެން ވެފައި ހުރި ވައުދުތައް އަމަލީގޮތުން ފުއްދުމުގެ މަސައްކަތް ފަށާނެ،" ރަޢީސް ވިދާޅުވިއެވެ.
މީގެ އިތުރަށް ރައީސސް ވިދާޅުވީ މަތިވެރިއަށް ވެފައިވާ ވައުދުތައް ވެސް އަވަސް މުސްތަގުބަލެއްގައި ފުއްދަވައިދެއްވާނެ ކަމަށެވެ. އެގޮތުން ރަށުގެ ބިން ހިއްކުމާއި ޝޯ ޕްރޮޓެކްޝަންގެ މަސައްކަތުގެ އިތުރުން އަންހެން ބޭފުޅުންނަށް ބޭނުންވާ ހޭންޑްބޯލް ކޯޓުގެ މަސައްކަތް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.