ENGLISH
05 ފެބްރުއަރީ 2026
އެއް އަހަރެއްގައި އެންމެ ގިނަ ކަނދުފަތި ގާއިމްކުރީ 2025 ވަނަ އަހަރު: ރައީސް
05 ފެބްރުއަރީ 2026
|
ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅުދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
މަސްވެރިކަމުގެ ސިނާޢަތުގައި މިހާތަނަށް އެންމެ ގިނަ ކަނދުފަތި ޤާއިމްކުރި އަހަރީ 2025 ވަނަ އަހަރުކަމަށް ރައީސުލްޖުމްހޫރިއްރާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
މި އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް ފެށުމަށް ބޭއްވި ޖަލްސާގައި 2026 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، މަސްވެރިކަމުގެ ސިނާޢަތުގައި ކަނދުފައްޗަކީ މުހިއްމު ދައުރެއް އަދާކުރާ ވަސީލަތެއް ކަމަށާއި، އެ ވިއުގަ ފުޅާކުރުމަކީ މި ސަރުކާރުގެ މުހިއްމު ސިޔާސަތެއް ކަމަށެވެ. އެގޮތުން ކަނދުފަތި ކެނޑޭ މިންވަރު މަދުކޮށް، ކަނދުފަތީގެ އުމުރު ދިގު ކުރުމަށް ކުރެވިދާނެ މަސައްކަތްތައް ދިރާސާކޮށް ހޯދައި، ކަނދުފަތީގެ ޑިޒައިނަށް ބަދަލު ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ. މި ކަމުގެ ނަތީޖާއެއްގެ ގޮތުން، ވަދު ކަދުފައްޗާއި ދޮށި ކަނދުފަތި އެޅުމުގެ މަޝްރޫއު ވަރަށް ކާމިޔާބު ކަމާއެކު ކުރިއަށް ގެންގޮސް 2025 ވަނަ އަހަރު 41 ކަނދުފަތި އަޅާފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ.
ރިޔާސީ ބާޔާނުގައި މަސްވެރިކަމުގެ ސިނާއަތު ސިންދަފާތު ކުރުމަށް ކުރައްވަމުން ގެންދަވާ ގިނަ މަސައްކަތްތަކެއް ރައީސް ފާހަގަކުރެއްވި އެވެ. އެގޮތުން މަސްވެރިކަމުގެ ސިނާޢަތަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ރޯމަސް ރައްކާކުރާނެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ ކުޑަވުން ކަމަށް ވިދާޅުވި އެވެ. އެހެންކަމުން އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން، ގދ. ތިނަދޫ ސިޓީ، ޅ. ފެލިވަރު، މ. މުލައް،ގއ. ކޫއްޑޫ، އައްޑޫ ހުޅުދޫ، ހއ.އިހަވަންދޫ، ގދ. ފިޔޯރީ އަދި ފ. ނިލަންދޫގައި ކޯލްޑް ސްޓޯރޭޖް ޤާއިމުކުރުމަށް ހިންގާ މަޝްރޫޢުތައް، ކުރިޔަށް އޮތް 15 މަސް ދުވަސް ތެރޭގައި ނިންމާ ޙަވާލު ކުރާނެ ކަން ރައީސް އިއުލާން ކުރެއްވި އެވެ.
މަސްވެރިންނަށް ބޭނުންވާ އައިސް ލިބުމުގައި ގިނަ ތަކްލީފްތަކަކާއި ކުރިމަތިލާން ޖެހުމަކީ މަސްވެރިންގެ ބޮޑު ޝަކުވާއެކެވެ. މަސްވެރިންނަށް ބޭނުންވާ އައިސް ފަސޭހައިން ފޯރުކޮށްދިނުމަށް ގއ. ދެއްވަދޫ، ށ. ފުނަދޫ، ދ. މީދޫ އަދި ބަނޑިދޫގައި އައިސް ޕްލާންޓް ގާއިމުކޮށް ޚިދުމަތް ދޭން ފަށާފައިކަން ފާހަގަކުރެއްވި އެވެ. އަދި މީގެ އިތުރުން މ. ވޭވަށާއި ލ. މާބައިދޫގެ އައިސް ޕްލާންޓްތަކުގެ މަސައްކަތް މިއަހަރުގެ މެދު ތެރޭގައި، ނިމި ޚިދުމަތް ދޭން ފަށާނެކަންވެސް ހާމަ ކުރެއްވި އެވެ.
އައިސް ޕްލާންޓްތައް ތަރައްޤީކުރާނެ އިތުރު ރަށް ރަށުގެ ގޮތުގައި ރައީސް އިއުލާން ކުރެއްވީ ހއ. ދިއްދޫ، އއ. ރަސްދޫ، ގދ. ރަތަފަންދޫ، ހދ. ކުޅުދުއްފުށި ގއ.ވިލިނގިލި، ގއ. ނިލަންދޫ، ކ.ގާފަރު، ދ.ހުޅުދެލި، ށ. ކޮމަންޑޫ، ޅ. ނައިފަރު، ލ. މާވަށް އަދި ލ. ހިތަދޫ އެވެ. މި ރަށް ރަށުގެ އައިސް ޕްލާންޓްތައް ނިންމާ ، މިއަހަރު ތެރޭގައި ޚިދުމަތް ދޭން ފަށާނަނެކަން ވެސް ރައީސްވަނީ އިއުލާނު ކުރައްވާފަ އެވެ.
މަސްވެރިންގެ އުޅަނދުތަކުގައި ޒާމާނީ ވަސީލަތްތައް ގާއިމްކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން،މަސްވެރި އުޅަނދު ފަހަރުގައި ރެފްރިޖެރޭޓަޑް ސީ ވޯޓަރ (އާރު.އެސް.ޑަބްލިޔު) ނިޒާމް ހަރުކުރުމަށް ބާރު އެޅުމުގެ ގޮތުން މިހާތަނަށް 45 ފަރާތެއްގެ ފެސިލިޓީ އެޕްރޫވްވެ، 25 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް ރައީސް ވިދާޅުވި އެވެ. އަދި މީގެ އިތުރުން 200 މަސްދޯންޏަށް އަމާޒުކޮށް އެސްއެމްއީ ޑިޖިޓަލްއިން އާރު.އެސް.ޑަބްލިޔު ފައިނޭންސިންގ އެޕްލިކޭޝަނަށް ހުޅުވުލާފައިވާކަންވެސް ރައީސް އިއުލާނު ކުރެއްވީ މިއަދުގެ ރިޔާސީ ބަޔާނުގަ އެވެ.