ENGLISH

19 އޭޕްރީލު 2025

Advertisement

މިއަހަރު 1.3 ބިލިއަންގެ މަސްތުވާތަކެތި އަތުލައިގެންފި: ރައީސް

08 ޑިސެމްބަރު 2024

|

އެމް އެމް

ރައީސުލްޖުމްހޫރިއްޔާ ރަސްދޫގެ ރައްޔިތުންނާ ބައްދުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. -- ފޮޓޯ: ރައީސް އޮފީސް

މިއަހަރު އަތުލައިގަތް މަސްތުވާތަކެތީގެ އަގު 1.3 ބިލިޔަން ރުފިޔާއަށް އަރާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

މިއީ މިދިޔަ އަހަރާ އަޅާ ބަލާއިރު ހައެއް އިންސައްތައިގެ އިތުރުވުމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.  

ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ އއ. ރަސްދޫއަށް ކުރެވި ދަތުރުފުޅުގައި އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވުނު ކަމަށެވެ. އަދި އެކަމުގެ ނަތީޖާވެސް ރަނގަޅު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

"މިހާރު ފުލުހުންގެ އިދާރާއިންގެ ތެރެއިން މިކަމުގައި ކޮމްޕްރަމައިޒްވެފައި ތިބި ބަޔަކު ނުތިބޭނެ. އަޅުގަނޑުމެން ބޭނުން ވަނީ މިކަން ހަގީގީ މާނައިގައި ހައްލުކުރުމަށް. އެހެންވެ މިހާރު އެ އޮތީ މަޖިލީހަށް މިކަމުގެ ޚާއްސަ ބިލެއް ވެސް ހުށައަޅާފައި. ޤާނޫނުގެ ތެރެއިން ވަކި ބާރުތަކެއް ލިބިދޭން ޖެހޭ މިކަން މާނަ ހުރި ގޮތެއް ހައްލު ކުރުމަށް،" -  ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ. 

ރާއްޖޭގައި ޤަވާއިދާ ޚިލާފަށްއުޅޭ ގިނަ ބިދޭސީންނަކީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ބިދޭސީންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މި ވޭތުވެދިޔަ 1 ހަރުގެ ތެރޭގައި 153 ބިދޭސީން މަސްތުވާތަކެއްޗާއެކު އަތުލައިގަނެ ޑީޕޯޓްކޮށްފައިވާކަމަށެވެ.

އަދި މިއީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހާ އަޅާ ބަލާއިރު ކުރި މަސައްކަތުގެ ދެ ގުނަ ކަންވެސް ރައީސް ފާހަގަ ކުރެއްވިއެވެ. އެގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހާ ހަމައަށް ޑީޕޯޓްކޮށް ފައިވަނީ 74 މީހުންނެވެ. 

ކިޔުންތެރިންގެ ހިޔާލު