ENGLISH
19 އޭޕްރީލު 2025
އޭސީސީގެ ކެޕޭސިޓީ އިތުރުކުރުމަށް ޖަޕާނުން އެހީދެނީ
08 ޑިސެމްބަރު 2024
|
އެހީގެ އެއްބަސްވުމުގައި މިއަދު ދެ ގައުމުން ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ޖަޕާން ސަރުކާރުގެ އެހީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މޮބިލިޓީ އަދި އޮޕަރޭޝަނަލް ކެޕޭސިޓީ އިތުރުކުރުމާގުޅޭ މަޝްރޫޢުގެ ”އެކްސްޗޭންޖް އޮފް ނޯޓްސް“ ގައި މިއަދު ސޮއިކޮށްފި އެވެ.
ފޮރިން މިނިސްޓްރީ އިން ބުނީ މިއަދު މެންދުރު މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި މިކަމަށްޓަކައި ހާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާ ކަމަށެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. ޢަބްދުﷲ ޚަލީލް އެވެ. ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މިސިޒް ތަކެއުޗި މިދޮރި އެވެ.
ޖަޕާނު ސަރުކާރުގެ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި މަޝްރޫއު އަށް މި އެއްބަސްވުމުގެ ދަށުން ހިލޭ އެހީގެ ގޮތުގައި ޖަޕާން ސަރުކާރުން 300 މިލިއަން ޖަޕާނީސް ޔެން (2.158 އެމެރިކާ ޑޮލަރު) ދިނުމަށް ވަނީ ނިންމަވާފަ އެވެ.