ENGLISH

05 ފެބްރުއަރީ 2026

Advertisement

މޮރިޝަސްއަށް ފޮނުވި ސިޓީ ގެނެސް، މައްސަލަ ބަަލަން ރިޔާސީ ކޮމިޝަނެއް އުފައްދަނީ

05 ފެބްރުއަރީ 2026

|

އަޙުމަދު ޙަމީދު

ރިޔާސީ ބަޔާން އިއްވެވުމަށް ރައީސް މަޖިލީހަށް ވަޑައިގަންނަވަނީ --

ފޯޅަވަހީގެ މައްސަލާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވެވި ސިޓީ އަނބުރާ ގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފި އެވެ.

ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެކަން އިއުލާނު ކުރައްވާފަ އެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި ކަނޑުން ބައެެއް ގެއްލުމުގައި ބޮޑު ދައުރެއް އަދާކުރި ފޯޅަވަހީގެ މައްސަލާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވެވި ސިޓީ އަނބުރާ ގެންނެވުމަށް ވަނީ ނިންމަވާފަ އެވެ.

މިއަދުގެ ޖަލްސާގައި ރައީސް ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދަކީ ގެއްލުނު ކަނޑުގެ ބައި ހިމެނޭހެން ކުރީން އޮތް މިންވަރު ކަމަށް ވެސް އިއުލާނު ކުރައްވާފަ އެވެ. އަދި އެކަން ކަނޑައަޅަން ޤާނޫނަށް ބަދަލު ގެންނަވާނެ ކަމުގައި ވިދާޅުވި އެވެ.

މައްސަލަ ބަލަން ރިޔާސީ ކޮމިޝަނެއް އުފައްދަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވި ގޮތުގައި ނިމިދިޔަ ސަރުކާރުން ނިންމާފައިވާ ބައެއް ނިންމުންތަކުގެ ސަބަބުން ދިވެހި ދައުލަތަށް އިއާދަނުކުރެވޭވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ކަނޑުން ގެއްލުނު ބައި ހޯދުމަށް ކުރެވޭ މަސައްކަތަށް ސަރުކާރުން ލަފާހޯދި ބައިނަލްއަގްވާމީ މާހިރުން ވިދާޅުވެފައިވެ އެވެ.

އެއީ ބަލަން ޖެހޭ ކަންކަން ކަމުގައި ވިދާޅުވި އެވެ. އެހެން ކަމުން އެކަމުގައި ބައިވެރިވި މީހުންނާއި ސުވާލުކޮށް އެ ނިންމުންތައް ނިންމާފައިވާ ސަބަބުތައް ދެނެގަތުމަށް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

އަދި ވިދާޅުވީ އެކަންކަމާ ގުޅޭ ގޮތުން ގާނޫނީ ގޮތުން ފިޔަވަޅު އަޅަންޖެހޭ ނަމަ އެކަން ކުރުމަށާއި އަދި އެފަދަ ކަންކަން ތަކުރާރު ނުވާނެ ގޮތަކަށް ކަންކަން އެކަށައެޅުމަށް ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ކޮމިޝަން އޮފް އިންކުއަރީއެއް އުފެއްދުމަށް ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު