ENGLISH
19 އޭޕްރީލު 2025
މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބާ ދިމާކޮށް 429 ގައިދީން ދޫކޮށްލި ކަމަށް ރައީސް ވިދާޅުވެއްޖެ
08 ޑިސެމްބަރު 2024
|
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތޮއްޑޫ ރައްޔިތުންނާ މުޚާތަބުކުރައްވާ ވާހަކަފުޅު ދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބާ ދިމާކޮށް 429 ގައިދީން ދޫކޮށްލި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އަރިއަތޮޅާއި މާލެ އަތޮޅުގެ ބައެއް ރަށްތަކަށް ރައީސް މިއަދު ފެއްޓެވި ދަތުރުފުޅުގައި އއ. ތޮއްޑޫގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ނިމިދިޔަ ސަރުކާރުގެ ފުރަތަމަ އަހަރު 762 ގައިދީން ޖަލުން ދޫކޮށްލި ނަމަވެސް މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން، އަދަބު ލުއިކޮށްދީގެންނާއި ޕެރޯލްގެ ގާނޫނުގެ ދަށުން މިހާތަނަށް ޖަލުން ދޫކޮށްފައިވާނީ އެންމެ 86 ގައިދީން ކަމަށެވެ.
ރައީސް މިހެން ވިދާޅުވެފައި ވަނީ، އއ. ތޮއްޑޫއަށް ކުރެއްވި ދަތުރުފުޅެއްގައި އެ ރަށުގެ ރައްޔިތުންނާ މުހާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.
ރައީސް ވިދާޅުވީ، ކުރީގެ ސަރުކާރުތަކުން އިންތިހާބުތަކާ ދިމާކޮށް ޖަލުގައި ތިބޭ ކުށްވެރިން ރީހެބިލިޓޭޝަނެއް ނެތި ދޫކޮށްލާފައިވާ ކަމަށެވެ.
ރައީސް ވަނީ ނިމިގެންދިޔަވެރިކަމގައި ޖަލުތަކުން ދޫކޮށްލި ކުށްވެރިންގެ އަދަދުތައްވެސް ވިދާޅުވެފަ އެވެ.
ސަރުކާރުން މިހާރު ވަނީ ޖަލުގައި ތިބޭ މީހުންނަށް ރީހެބިލިޓޭޝަން ޕްރޮގްރާމްތަކެއް ފަށާފައި ކަމަށާއި، މި ޕްރޮގްރާމްތަކުގެ ދަށުން ޖަލުގައި ތިބޭ މީހުންނަށް ތަފާތު ހުނަރުތައް ދަސްކޮށްދީ، މުޖުތަމައަށް ފައިދާ ހުރި ގޮތެއްގައި އަނބުރާ ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.