ENGLISH

04 ފެބްރުއަރީ 2026

Advertisement

ސީއެޗްއެސްއީ މާލޭގެ އައު އިމާރާތުގެ މަސައްކަތް ޔެސް މޯލްޑިވްސްއަށް

04 ފެބްރުއަރީ 2026

|

އައިމިނަތު ޝަފާ

ސީއެޗްއެސީ މާލެއަށް އިތުރުކުރާ ބައިގެ މަސައްކަތް ޔެސް މޯލްޑިވްސްއާ ހަވާލުކުރުން. ފޮޓޯ؛ތައުލީމީ ވުޒާރާ

ސެންޓަރ ފޯރ ހަޔަރ ސެކަންޑްރީ އެޑިއުކޭޝަން، (ސީއެޗްއެސީ) މާލެއަށް އިތުރުކުރާ ބައިގެ މަސައްކަތް ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ މިއަދު ހަވާލުކޮށްފިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި މި އިމާރާތް އެޅުމުގެ އެއްބަސްވުމުގައި އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢުއެވެ. އަދި ޔެސް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑިރެކްޓަރު، އަހުލާމް ރުޝްދީއެވެ.

ސީއެޗްއެސްއީ މާލޭގެ ދެކުނު ފަރާތުގައި އޮތް ހުސްބިމުގައި 7 ފަންގިފިލައަށް އިމާރާތް ކުރާބައިގެ މަސައްކަތް ޔެސް މޯލްޑިވްސްއާ ހަވާލުކުރީ 51.6 މިލިޔަން ރުފިޔާއަށެވެ.

މި އެއްބަސްވުމުގެ ދަށުން ސީއެޗްއެސްސީގެ އެނެކްސް އިމާރާތް ކުރަނީ 7 ފަންގިފިލާއަށެވެ.

މި އިމާރާތުގައި ހުންނާނީ، 15 ކުލާސްރޫމާއި 4 ސައިންސް ލެބާއި ސްޓާފް ރޫމަކާއި ލީޑިން ޓީޗަރުންނަށް ޚާއްޞަ ރޫމެއްގެ އިތުރުން އެޑްމިނިސްޓްރޭޝަން އޮފީހެކެވެ.

ސީއެޗްއެސްއީ  މާލެއަށް އިތުރުކުރާ ބަޔާއެކު އެ ސްކޫލުގެ ޖާގަ ދެގުނަވެގެންދާނެއެވެ. އެއާއެކު އޭލެވެލް ކިޔަވަން ބޭނުންވާ ދަރިވަރުންނަށް އެ ސްކޫލުން ޖާގަ ލިބިގެންދާނެއެވެ.

ސީއެޗްއެސްއީ މާލެ އަލުން ހުޅުވީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު  މަހުގެ އެއްވަނަ ދުވަހުއެވެ. ކިޔެވުން ފެށީ 800 އާ ކައިކުރާ އަދަދެއްގެ ދަރިވަރުންނާއެކުގައެވެ.

ކިޔުންތެރިންގެ ހިޔާލު